وَلَوۡ أَنَّهُمۡ ءَامَنُواْ وَٱتَّقَوۡاْ لَمَثُوبَةٞ مِّنۡ عِندِ ٱللَّهِ خَيۡرٞۚ لَّوۡ كَانُواْ يَعۡلَمُونَ

ހަމަކަށަވަރުން، އެއުރެން إيمان ވެ تقوى ވެރިވިނަމަ، اللَّه ގެ حضرة ން (އެއުރެންނަށް) ހުރި ثواب ގެ ހެޔޮކަން މާބޮޑެވެ. އެއުރެން އެކަން ދަންނަ ކަމުގައިވި ނަމައެވެ.


يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَقُولُواْ رَٰعِنَا وَقُولُواْ ٱنظُرۡنَا وَٱسۡمَعُواْۗ وَلِلۡكَٰفِرِينَ عَذَابٌ أَلِيمٞ

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (رسول އާގެ އަރިހުގައި) رَاعِنَا އޭ ނުދަންނަވާށެވެ! އަދި (އޭގެ ބަދަލުގައި) انْظُـْرنَا އޭ ދަންނަވާށެވެ! އަދި ތިޔަބައިމީހުން (އެކަލޭގެފާނުގެ ބަސްފުޅު ރަނގަޅަށް) އަޑުއަހާށެވެ! އަދި كافر ންނަށް ހުރީ، ވޭންދެނިވި عذاب އެވެ.


مَّا يَوَدُّ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ وَلَا ٱلۡمُشۡرِكِينَ أَن يُنَزَّلَ عَلَيۡكُم مِّنۡ خَيۡرٖ مِّن رَّبِّكُمۡۚ وَٱللَّهُ يَخۡتَصُّ بِرَحۡمَتِهِۦ مَن يَشَآءُۚ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ

ފޮތުގެ أهل ވެރިންގެ ތެރެއިން ވިޔަސް، އަދި مشرك ންގެ ތެރެއިންވިޔަސް، كافر ވެއްޖެ މީސްތަކުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ތިޔަބައިމީހުންގެ މައްޗަށް އެއްވެސް ހެވެއް ބާވައިލެއްވުމަކަށް ނޭދެތެވެ. (އެކަމަކު) اللَّه ގެ رحمة އެކަލާނގެ އިރާދަކުރެއްވި މީހަކަށް خاص ކުރައްވަތެވެ. اللَّه އީ، ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިރަސްކަލާނގެއެވެ.


۞مَا نَنسَخۡ مِنۡ ءَايَةٍ أَوۡ نُنسِهَا نَأۡتِ بِخَيۡرٖ مِّنۡهَآ أَوۡ مِثۡلِهَآۗ أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ

ތިމަންރަސްކަލާނގެ نسخ ކުރައްވައިފި آية އެއް، ނުވަތަ ތިމަންރަސްކަލާނގެ ހަނދުމަނައްތަވައިފި آية އެއްގެ ބަދަލުގައި، އެއަށްވުރެ ހެޔޮ ނުވަތަ ހަމަ އެފަދަ آية އެއް ތިމަންރަސްކަލާނގެ ގެނެސްދެއްވާ ހުށީމެވެ. ހަމަކަށަވަރުން، ކޮންމެ ކަމެއްގެ މައްޗަށް اللَّه ކުޅަދުންވަންތަވެވޮޑިގެންވާކަން ކަލޭގެފާނު ދެނެވަޑައި ނުގަންނަވަމުތޯއެވެ؟



الصفحة التالية
Icon