وَلَوۡ أَنَّ أَهۡلَ ٱلۡقُرَىٰٓ ءَامَنُواْ وَٱتَّقَوۡاْ لَفَتَحۡنَا عَلَيۡهِم بَرَكَٰتٖ مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ وَلَٰكِن كَذَّبُواْ فَأَخَذۡنَٰهُم بِمَا كَانُواْ يَكۡسِبُونَ

ރަށްތަކުގެ أهل ވެރިން، إيمان ވެ تقوى ވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް بركات ގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެއުރެން ދޮގުކުރޫއެވެ. ދެން، އެއުރެން ހޯދައި އުޅުނު عمل ތަކަށްޓަކައި، ތިމަންރަސްކަލާނގެ (ކޯފާގެ عذاب ން) އެއުރެން ހިއްޕެވީމެވެ.


أَفَأَمِنَ أَهۡلُ ٱلۡقُرَىٰٓ أَن يَأۡتِيَهُم بَأۡسُنَا بَيَٰتٗا وَهُمۡ نَآئِمُونَ

ފަހެ، ރަށްތަކުގެ أهل ވެރިން އެއުރެން ރޭގަނޑުގައި ނިދާފައިތިއްބައި އެއުރެންގެ ގާތަށް ތިމަންރަސްކަލާނގެ ކޯފާގެ عذاب އަތުވެދާނެކަމާމެދު (ބިރެއްނެތި) أمان ވެ ތިބީހެއްޔެވެ؟


أَوَأَمِنَ أَهۡلُ ٱلۡقُرَىٰٓ أَن يَأۡتِيَهُم بَأۡسُنَا ضُحٗى وَهُمۡ يَلۡعَبُونَ

ނުވަތަ ރަށްތަކުގެ أهل ވެރިން، އެއުރެން ކުޅެކުޅެތިއްބައި ދުވާލުގެ ضحى ވަގުތުގައި އެއުރެންގެ ގާތަށް ތިމަންރަސްކަލާނގެ ކޯފާގެ عذاب އަތުވެދާނެ ކަމާމެދަކު (ބިރެއްނެތި) أمان ވެ ތިބީހެއްޔެވެ؟


أَفَأَمِنُواْ مَكۡرَ ٱللَّهِۚ فَلَا يَأۡمَنُ مَكۡرَ ٱللَّهِ إِلَّا ٱلۡقَوۡمُ ٱلۡخَٰسِرُونَ

ފަހެ، اللَّه ގެ ރޭއްވެވުމާމެދު އެއުރެން (ބިރެއްނެތި) أمان ވެ ތިބީހެއްޔެވެ؟ ފަހެ، ގެއްލެނިވެގެންވާ މީހުން މެނުވީ، اللَّه ގެ ރޭއްވެވުމާމެދު (ބިރެއްނެތި) أمان ވެގެންނެއް ނުތިބޭނެތެވެ.



الصفحة التالية
Icon