وَلَا يَسۡتَطِيعُونَ لَهُمۡ نَصۡرٗا وَلَآ أَنفُسَهُمۡ يَنصُرُونَ

އަދި އެއުރެންނަށް އެއްވެސް نصر އެއް ދިނުމަކަށް އެތަކެއްޗަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. އަދި އެތަކެތީގެ އަމިއްލަ ޒާތަށްވެސް، نصر އެއް ނުދެވޭނޭމެއެވެ.


وَإِن تَدۡعُوهُمۡ إِلَى ٱلۡهُدَىٰ لَا يَتَّبِعُوكُمۡۚ سَوَآءٌ عَلَيۡكُمۡ أَدَعَوۡتُمُوهُمۡ أَمۡ أَنتُمۡ صَٰمِتُونَ

ތިޔަބައިމީހުން އެތަކެއްޗަށް ތެދުމަގަށް ގޮވިޔަސް، އެތަކެއްޗެއް ތިޔަބައިމީހުންނަކަށް تبع އެއް ނުވާނެތެވެ. އެ ތަކެއްޗަށް ތިޔަބައިމީހުން ގޮވިޔަސް، ނުވަތަ ނުގޮވައި ހަނުތިއްބަސް، ތިޔަބައިމީހުންނަށް ހަމަހަމަވެގެންވެތެވެ.


إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ عِبَادٌ أَمۡثَالُكُمۡۖ فَٱدۡعُوهُمۡ فَلۡيَسۡتَجِيبُواْ لَكُمۡ إِن كُنتُمۡ صَٰدِقِينَ

ހަމަކަށަވަރުން، اللَّه ފިޔަވައި ތިޔަބައިމީހުން دعاء ކޮށް އަޅުކަން ކޮށްއުޅޭ ފަރާތްތަކަކީ، ތިޔަބައިމީހުންނާ އެއްފަދަ އަޅުންތަކެކެވެ. ފަހެ، ތިޔަބައިމީހުންނީ ތެދުބުނާ މީހުން ކަމުގައިވާނަމަ، ތިޔަބައިމީހުންނަށް އެފަރާތްތައް އިޖާބަދޭތޯ ނިކަން ތިޔަބައިމީހުން އެފަރާތްތަކަށް ގޮވައިބަލާށެވެ!


أَلَهُمۡ أَرۡجُلٞ يَمۡشُونَ بِهَآۖ أَمۡ لَهُمۡ أَيۡدٖ يَبۡطِشُونَ بِهَآۖ أَمۡ لَهُمۡ أَعۡيُنٞ يُبۡصِرُونَ بِهَآۖ أَمۡ لَهُمۡ ءَاذَانٞ يَسۡمَعُونَ بِهَاۗ قُلِ ٱدۡعُواْ شُرَكَآءَكُمۡ ثُمَّ كِيدُونِ فَلَا تُنظِرُونِ

އެއިން ހިނގާނޭ ފައިތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ނުވަތަ އެއިން ބާރުދައްކައި އުޅޭނޭ އަތްތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ނުވަތަ އެއިން ދެކޭނޭ ލޯތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ނުވަތަ އެއިން އަހާނޭ ކަންފަތްތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ބައިވެރިންތަކަށް ތިޔަބައިމީހުން ނިކަން ގޮވައިބަލާށެވެ! ދެން ތިމަންކަލޭގެފާނާމެދު މަކަރުވެރި ރޭވުން ރާވަމުން ގެންގޮސްބަލާށެވެ! އަދި ތިމަންކަލޭގެފާނަށްޓަކައި ލަސްނުކުރާށެވެ!



الصفحة التالية
Icon