وَمَا كَانَ ٱللَّهُ لِيُعَذِّبَهُمۡ وَأَنتَ فِيهِمۡۚ وَمَا كَانَ ٱللَّهُ مُعَذِّبَهُمۡ وَهُمۡ يَسۡتَغۡفِرُونَ

އަދި ކަލޭގެފާނު އެއުރެންގެ މެދުގައި ހުންނަވަނިކޮށް، اللَّه، އެއުރެންނަކަށް عذاب އެއް ނުދެއްވާނެތެވެ. އަދި އެއުރެން استغفار ކޮށްކޮށް ތިއްބައި، اللَّه، އެއުރެންނަކަށް عذاب އެއް ނުދެއްވާނެތެވެ.


وَمَا لَهُمۡ أَلَّا يُعَذِّبَهُمُ ٱللَّهُ وَهُمۡ يَصُدُّونَ عَنِ ٱلۡمَسۡجِدِ ٱلۡحَرَامِ وَمَا كَانُوٓاْ أَوۡلِيَآءَهُۥٓۚ إِنۡ أَوۡلِيَآؤُهُۥٓ إِلَّا ٱلۡمُتَّقُونَ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ

އެއުރެންނަށް اللَّه، عذاب ނުދެއްވުމަށް އެއުރެންނަށް އޮތީ ކޮން عذر އެއް ހެއްޔެވެ؟ އެއުރެން އެތިބަ حرمة ތެރިވެގެންވާ މިސްކިތުން (މީސްތަކުން) ދުރުކުރަނީއެވެ. އެއުރެންނަކީ، އެތާނގެ ބެލެހެއްޓުންތެރިންނެއްވެސް ނޫނެވެ. تقوى ވެރިން މެނުވީ އެތާނގެ ބެލެހެއްޓުންތެރިން ކަމުގައި ނުވެތެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ.


وَمَا كَانَ صَلَاتُهُمۡ عِندَ ٱلۡبَيۡتِ إِلَّا مُكَآءٗ وَتَصۡدِيَةٗۚ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡفُرُونَ

ގެފުޅުގެ އަރިހުގައި އެއުރެންކުރާ އަޅުކަމަކީ، ތުބުންފުމުމާއި، އަތްތިލަބަޑިިޖެހުން ކަމުގައި މެނުވީ ނުވެތެވެ. ފަހެ، ތިޔަބައިމީހުން كافر ވެ އުޅުނުކަމުގެ ސަބަބުން، ތިޔަބައިމީހުން عذاب ގެ ރަހަ ލިބިގަންނާށެވެ!


إِنَّ ٱلَّذِينَ كَفَرُواْ يُنفِقُونَ أَمۡوَٰلَهُمۡ لِيَصُدُّواْ عَن سَبِيلِ ٱللَّهِۚ فَسَيُنفِقُونَهَا ثُمَّ تَكُونُ عَلَيۡهِمۡ حَسۡرَةٗ ثُمَّ يُغۡلَبُونَۗ وَٱلَّذِينَ كَفَرُوٓاْ إِلَىٰ جَهَنَّمَ يُحۡشَرُونَ

ހަމަކަށަވަރުން، كافر ވި މީހުން، اللَّه ގެ މަގުން މީސްތަކުން ދުރުކުރުމަށް، އެއުރެންގެ މުދާތައް ހޭދަކުރެތެވެ. ފަހެ، އެއުރެން އެތަކެތި ހޭދަކުރަމުން ގެންދާނެތެވެ. ދެން އެ މުދާތައް، އެއުރެންގެ މައްޗަށް ހުރި ހިތާމަޔަކަށް ވެގެންދާނެތެވެ. ދެން އެއުރެން ބަލިކުރައްވާނެތެވެ. އަދި كافر ވިމީހުން ނަރަކައަށް ޖަމާކުރައްވާނެތެވެ.



الصفحة التالية
Icon