إِذۡ أَنتُم بِٱلۡعُدۡوَةِ ٱلدُّنۡيَا وَهُم بِٱلۡعُدۡوَةِ ٱلۡقُصۡوَىٰ وَٱلرَّكۡبُ أَسۡفَلَ مِنكُمۡۚ وَلَوۡ تَوَاعَدتُّمۡ لَٱخۡتَلَفۡتُمۡ فِي ٱلۡمِيعَٰدِ وَلَٰكِن لِّيَقۡضِيَ ٱللَّهُ أَمۡرٗا كَانَ مَفۡعُولٗا لِّيَهۡلِكَ مَنۡ هَلَكَ عَنۢ بَيِّنَةٖ وَيَحۡيَىٰ مَنۡ حَيَّ عَنۢ بَيِّنَةٖۗ وَإِنَّ ٱللَّهَ لَسَمِيعٌ عَلِيمٌ

ތިޔަބައިމީހުން (بدر ގެވާދީގެ) ކައިރިފަރާތުގައި، އަދި އެއުރެން ދުރުފަރާތުގައި، އަދި ވިޔަފާރި قافلة ތިޔަބައިމީހުންނަށްވުރެ ތިރީ ބިިމުގައިވީހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން (އެ كافر ންގެ لشكر އާ ހަނގުރާމަ ކުރުމަށް) އެއްބަޔަކު އަނެއްބަޔަކަށް وعد ވީ ނަމަވެސް، ތިޔަބައިމީހުން އެ وعد ވީގޮތާ خلاف ވީހެވެ. އެހެނެއްކަމަކު (ދެ لشكر ބައްދަލުކުރުއްވީ) اللَّه ނިޔާކުރައްވާފައިވާ ކަމެއް ހަމަޖެހި، ނިމިގެން ދިޔުމަށްޓަކައެވެ. (އެއީ) ހަލާކުވެގެންދާ ބަޔަކު ސާފު ހެތްކާއެކު، ހަލާކުވެގެން ދިޔުމަށެވެ. އަދި ދިރިގެން އަންނާނޭ ބަޔަކު، ސާފު ހެތްކާއެކު، ދިރިގެން އައުމަށެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ.


إِذۡ يُرِيكَهُمُ ٱللَّهُ فِي مَنَامِكَ قَلِيلٗاۖ وَلَوۡ أَرَىٰكَهُمۡ كَثِيرٗا لَّفَشِلۡتُمۡ وَلَتَنَٰزَعۡتُمۡ فِي ٱلۡأَمۡرِ وَلَٰكِنَّ ٱللَّهَ سَلَّمَۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ

اللَّه، އެއުރެން (އެބަހީ: مشرك ންގެ لشكر) މަދު މީސްކޮޅެއްގެ ގޮތުގައި ކަލޭގެފާނަށް ހުވަފެންފުޅުގައި ދެއްކެވިހިނދު، ހަނދުމަކުރާށެވެ! އަދި އެއުރެން ގިނަބަޔަކު ކަމުގައި ދެއްކެވިނަމަ، ތިޔަބައިމީހުން ފިނޑިވެއްޖައީސްކަން ކަށަވަރެވެ. އަދި އެ ހަނގުރާމަކުރުމާމެދު، ތިޔަބައިމީހުން ދެބަސްވެގަންނަން ޖެހުނީސްކަން ކަށަވަރެވެ. ނަމަވެސް، اللَّه (ތިޔަބައިމީހުން) ސަލާމަތްކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައި ވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.



الصفحة التالية
Icon