إِنَّآ أَرۡسَلۡنَٰكَ بِٱلۡحَقِّ بَشِيرٗا وَنَذِيرٗاۖ وَلَا تُسۡـَٔلُ عَنۡ أَصۡحَٰبِ ٱلۡجَحِيمِ

އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައި، حق ދީނާއިގެން ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީމެވެ. ފަހެ، ނަރަކައިގެ أهل ވެރިންނާމެދު ކަލޭގެފާނަކާ سؤال އެއް ނުކުރައްވާނެތެވެ.


وَلَن تَرۡضَىٰ عَنكَ ٱلۡيَهُودُ وَلَا ٱلنَّصَٰرَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمۡۗ قُلۡ إِنَّ هُدَى ٱللَّهِ هُوَ ٱلۡهُدَىٰۗ وَلَئِنِ ٱتَّبَعۡتَ أَهۡوَآءَهُم بَعۡدَ ٱلَّذِي جَآءَكَ مِنَ ٱلۡعِلۡمِ مَا لَكَ مِنَ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٍ

އަދި يهودى ންވެސް نصارى އިންވެސް އެއުރެންގެ دين އަށް ކަލޭގެފާނު تبع ވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން اللَّه ގެ މަގު އެއީ ހަމަ ތެދުމަގެވެ. އަދި ކަށަވަރުންވެސް، ކަލޭގެފާނުގެ އަރިހަށް علم ގެ ތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައިގެންފިނަމަ، اللَّه ގެ حضرة ން ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި نصر ދޭނޭ މީހަކުވެސް ނުވާނެތެވެ.


ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَتۡلُونَهُۥ حَقَّ تِلَاوَتِهِۦٓ أُوْلَـٰٓئِكَ يُؤۡمِنُونَ بِهِۦۗ وَمَن يَكۡفُرۡ بِهِۦ فَأُوْلَـٰٓئِكَ هُمُ ٱلۡخَٰسِرُونَ

ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން އެފޮތް ކިޔަވަންވީ حق ގޮތުގައި އެފޮތް ކިޔަވައި އުޅެތެވެ. އެއުރެން އެ ފޮތަށް إيمان ވެތެވެ. އަދި އެފޮތަށް كافر ވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ގެއްލެނިވެގެންވާ މީހުންނެވެ.



الصفحة التالية
Icon