يَٰبَنِيٓ إِسۡرَـٰٓءِيلَ ٱذۡكُرُواْ نِعۡمَتِيَ ٱلَّتِيٓ أَنۡعَمۡتُ عَلَيۡكُمۡ وَأَنِّي فَضَّلۡتُكُمۡ عَلَى ٱلۡعَٰلَمِينَ

އޭ إسـرآءيـل ގެދަރިންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި نعمة އާއި، އަދި (އެދުވަސްވަރުގެ) މީސްތަކުންގެ މައްޗަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުން މާތްކުރައްވާފައިވާކަން ހަނދުމަކުރާށެވެ!


وَٱتَّقُواْ يَوۡمٗا لَّا تَجۡزِي نَفۡسٌ عَن نَّفۡسٖ شَيۡـٔٗا وَلَا يُقۡبَلُ مِنۡهَا عَدۡلٞ وَلَا تَنفَعُهَا شَفَٰعَةٞ وَلَا هُمۡ يُنصَرُونَ

އެދުވަހަކުން އެއްވެސް نفس އަކަށް އެއްވެސް نفس އެއްގެ ކިބައިން އެއްވެސް ކަމެއް ފުއްދައިނުދެވޭނޭ އަދި އެކެއްގެ ކިބައިން فدية އެއްވެސް ނުހިއްޕަވާނޭ އަދި (އެއްވެސް ފަރާތެއްގެ) شفاعة އަކުން އެއްވެސް މީހަކަށް މަންފާއެއް ނުކުރާނޭ އަދި އެއުރެންނަށް (އެއްވެސް ފަރާތަކުން) نصر އެއް ނުލިބޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވެ ރައްކާތެރިވާށެވެ!


۞وَإِذِ ٱبۡتَلَىٰٓ إِبۡرَٰهِـۧمَ رَبُّهُۥ بِكَلِمَٰتٖ فَأَتَمَّهُنَّۖ قَالَ إِنِّي جَاعِلُكَ لِلنَّاسِ إِمَامٗاۖ قَالَ وَمِن ذُرِّيَّتِيۖ قَالَ لَا يَنَالُ عَهۡدِي ٱلظَّـٰلِمِينَ

إبراهيم ގެފާނުގެ ވެރިރަސްކަލާނގެ، كلمة ތަކަކުން (އެބަހީ: ކުރެއްވި أمر ފުޅުތަކަކާއި ނަހީތަކަކުން އެކަލޭގެފާނުގެ ކިޔަމަންތެރިކަންހުރި މިންވަރު ބެއްލެވުމަށް) امتحان ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! ފަހެ، އެކަލޭގެފާނު (ކިޔަމަންތެރިވެވަޑައިގެން) އެކަންތައްތައް ފުރިހަމަ ކުރެއްވިއެވެ. އެކަލާނގެ (އެކަލޭގެފާނަށް) وحى ކުރެއްވިއެވެ. ހަމަކަށަވަރުން، މީސްތަކުންނަށް إمام އަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލައްވާހުށީމެވެ. އެކަލޭގެފާނު ދެންނެވިއެވެ. ތިމަންއަޅާގެ ދަރިފަސްކޮޅުންވެސް މެއެވެ. އެކަލާނގެ وحى ކުރެއްވިއެވެ. އަނިޔާވެރިންނަކަށް ތިމަންރަސްކަލާނގެ عهد އެއް ނުލިބޭނެތެވެ.



الصفحة التالية
Icon