ٱنفِرُواْ خِفَافٗا وَثِقَالٗا وَجَٰهِدُواْ بِأَمۡوَٰلِكُمۡ وَأَنفُسِكُمۡ فِي سَبِيلِ ٱللَّهِۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ

ލުއިކަމާއެކުގައްޔާއި، ބުރަކަމާއެކުގައި، ތިޔަބައިމީހުން (ހަނގުރާމައަށް) ނުކުންނާށެވެ! އަދި ތިޔަބައިމީހުންގެ މުދާތަކާއި، نفس ތަކުން اللَّه ގެ މަގުގައި جهاد ކުރާށެވެ! ތިޔަބައިމީހުންނަށްޓަކައި، އެގޮތް ހެޔޮކަން ބޮޑެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭކަމުގައި ވާނަމައެވެ.


لَوۡ كَانَ عَرَضٗا قَرِيبٗا وَسَفَرٗا قَاصِدٗا لَّٱتَّبَعُوكَ وَلَٰكِنۢ بَعُدَتۡ عَلَيۡهِمُ ٱلشُّقَّةُۚ وَسَيَحۡلِفُونَ بِٱللَّهِ لَوِ ٱسۡتَطَعۡنَا لَخَرَجۡنَا مَعَكُمۡ يُهۡلِكُونَ أَنفُسَهُمۡ وَٱللَّهُ يَعۡلَمُ إِنَّهُمۡ لَكَٰذِبُونَ

ގާތުގައި އޮތް دنيوى މަންފާއެއް ކަމުގައި، ނުވަތަ ލުއިފަސޭހަ ދަތުރެއް ކަމުގައިވީނަމަ، އެއުރެން ކަލޭގެފާނުގެ ފަހަތްޕުޅުން ހިނގައްޖައީސްކަން ކަށަވަރެވެ. އެހެނެއްކަމަކު، ދަތުރުކުރާންއޮތް މަގު، އެއުރެންނަށް ދުރުވީއެވެ. އަދި ތިމަންމެންނަށް ކުޅަދާނަވެގެންވީނަމަ، ތިޔަބައިމީހުންނާއެކު ނުކުތީމުހޭ ކިޔައި، އެއުރެން اللَّه ގަންދީ ހުވާކޮށް ހަދާނެތެވެ. އެއުރެން (އެކަމުން) އެއުރެންގެ އަމިއްލަ نفس ތައް ހަލާކުކުރެތެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުވެރިންކަން اللَّه ދެނެވޮޑިގެންވެތެވެ.


عَفَا ٱللَّهُ عَنكَ لِمَ أَذِنتَ لَهُمۡ حَتَّىٰ يَتَبَيَّنَ لَكَ ٱلَّذِينَ صَدَقُواْ وَتَعۡلَمَ ٱلۡكَٰذِبِينَ

اللَّه، ކަލޭގެފާނަށް عفو ކުރައްވައިފިއެވެ. ތެދުބުނި މީހުން، ކަލޭގެފާނަށް ބަޔާންވެ ފާޅުވެ، ދޮގުވެރިން އެނގިވަޑައިގެންފުމަށްދާނދެން (ހަނގުރާމައަށް ނުގޮސްތިބުމަށް) އެއުރެންނަށް، ކަލޭގެފާނު إذن ދެއްވީ ކީއްވެގެންތޯއެވެ؟



الصفحة التالية
Icon