وَلَوۡ أَنَّهُمۡ رَضُواْ مَآ ءَاتَىٰهُمُ ٱللَّهُ وَرَسُولُهُۥ وَقَالُواْ حَسۡبُنَا ٱللَّهُ سَيُؤۡتِينَا ٱللَّهُ مِن فَضۡلِهِۦ وَرَسُولُهُۥٓ إِنَّآ إِلَى ٱللَّهِ رَٰغِبُونَ

اللَّه އާއި، އެކަލާނގެ رسول އާ އެއުރެންނަށް ދެއްވި ތަކެއްޗަށް އެއުރެން ރުހި، އަދި އެއުރެން ބުނިނަމައެވެ. اللَّه، ތިމަންމެންނަށް ފުދެއެވެ. اللَّه އާއި، އެކަލާނގެ رسول އާ، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން ތިމަންމެންނަށް ދެއްވާނެތެވެ. ހަމަކަށަވަރުން، ތިމަންމެންވަނީ، اللَّه ގެ حضرة އަށް އެދިއެދި ތިބޭ ބަޔަކު ކަމުގައެވެ.


۞إِنَّمَا ٱلصَّدَقَٰتُ لِلۡفُقَرَآءِ وَٱلۡمَسَٰكِينِ وَٱلۡعَٰمِلِينَ عَلَيۡهَا وَٱلۡمُؤَلَّفَةِ قُلُوبُهُمۡ وَفِي ٱلرِّقَابِ وَٱلۡغَٰرِمِينَ وَفِي سَبِيلِ ٱللَّهِ وَٱبۡنِ ٱلسَّبِيلِۖ فَرِيضَةٗ مِّنَ ٱللَّهِۗ وَٱللَّهُ عَلِيمٌ حَكِيمٞ

ހަމަކަށަވަރުން، صدقات ގެ ތަކެތި ވަނީ فقير ންނަށާއި، مسكين ންނަށާއި، އެކަމުގެ عامل ންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް إسلام ވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، اللَّه ގެ މަގުގައްޔާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ فرض އެއްގެ ގޮތުގައެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.


وَمِنۡهُمُ ٱلَّذِينَ يُؤۡذُونَ ٱلنَّبِيَّ وَيَقُولُونَ هُوَ أُذُنٞۚ قُلۡ أُذُنُ خَيۡرٖ لَّكُمۡ يُؤۡمِنُ بِٱللَّهِ وَيُؤۡمِنُ لِلۡمُؤۡمِنِينَ وَرَحۡمَةٞ لِّلَّذِينَ ءَامَنُواْ مِنكُمۡۚ وَٱلَّذِينَ يُؤۡذُونَ رَسُولَ ٱللَّهِ لَهُمۡ عَذَابٌ أَلِيمٞ

ނަބިއްޔާއަށް އުނދަގޫކުރާ މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި އެއުރެން ބުނެތެވެ. އެކަލޭގެފާނީ، ހަމައެކަނި އައްސަވާ ބޭކަލެކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ތިޔަބައިމީހުންނަށްޓަކައި، ހެޔޮބަސް އައްސަވާ ނަބިއްޔެކެވެ. އެ ނަބިއްޔާ، اللَّه އަށް إيمان ވެ ވަޑައިގަނެތެވެ. އަދި مؤمن ންގެ ބަސް ތެދުކުރައްވަތެވެ. އަދި އެ ނަބިއްޔާއީ، ތިޔަބައިމީހުންގެ ތެރެއިން إيمان ވި މީހުންނަށްވާ رحمة އެކެވެ. އަދި اللَّه ގެ رسول އާއަށް އުނގަދޫކުރާ މީހުންނަށް، ވޭންދެނިވި عذاب ހުށްޓެވެ.



الصفحة التالية
Icon