۞وَلَوۡ يُعَجِّلُ ٱللَّهُ لِلنَّاسِ ٱلشَّرَّ ٱسۡتِعۡجَالَهُم بِٱلۡخَيۡرِ لَقُضِيَ إِلَيۡهِمۡ أَجَلُهُمۡۖ فَنَذَرُ ٱلَّذِينَ لَا يَرۡجُونَ لِقَآءَنَا فِي طُغۡيَٰنِهِمۡ يَعۡمَهُونَ
ހެޔޮކަމާއި، ثواب އަވަސްކޮށްދެއްވުމަށް މީސްތަކުން އެދޭހިނދު، އެކަން އަވަސްކޮށްދެއްވާ ފަދައިން، اللَّه އެއުރެންނަށް ނުބަޔާއި، عقاب އަވަސްކޮށްދެއްވާނަމަ، އެއުރެންގެ أجل ޖެހި، އެހިނދު އެހިނދަށް ނިމިއްޖައީހެވެ. ފަހެ، (قيامة ދުވަހުން) ތިމަންރަސްކަލާނގެއާ ބައްދަލުވާން ނޭދޭމީހުން އެއުރެންގެ ފުރެދުމުގައި، ދެފުށު އެޅިއެޅިތިބޭ حال، އެއުރެން ދޫކޮށްލައްވައި، ބައިތިއްބަވާހުށީމެވެ.
وَإِذَا مَسَّ ٱلۡإِنسَٰنَ ٱلضُّرُّ دَعَانَا لِجَنۢبِهِۦٓ أَوۡ قَاعِدًا أَوۡ قَآئِمٗا فَلَمَّا كَشَفۡنَا عَنۡهُ ضُرَّهُۥ مَرَّ كَأَن لَّمۡ يَدۡعُنَآ إِلَىٰ ضُرّٖ مَّسَّهُۥۚ كَذَٰلِكَ زُيِّنَ لِلۡمُسۡرِفِينَ مَا كَانُواْ يَعۡمَلُونَ
އަދި އިންސާނާއަށް އުނދަގުލެއް ޖެހިއްޖެނަމަ، އޮށޯވެ އޮވެގެން ނުވަތަ އިށީނދެ އިނދެގެން، ނުވަތަ ކޮޅަށް ހުރެގެން، ތިމަންރަސްކަލާނގެ حضرة އަށް دعاء ކުރެތެވެ. ފަހެ، ތިމަންރަސްކަލާނގެ އެމީހެއްގެ ކިބައިން އެ އުނދަގޫ ފިއްލަވައިފުމުން، އޭނާ (އެދާ މަގުން) ހިނގައިދެއެވެ. އުނދަގުލެއްޖެހިގެން ތިމަންރަސްކަލާނގެ حضرة އަށް دعاء ވެސް ނުކުރާކަހަލައެވެ. كافر ންނަށް އެއުރެން ކޮށްއުޅުނު عمل ތައް ޒީނަތްތެރިި ކުރައްވާފައިވަނީ އެފަދައިންނެވެ.
وَلَقَدۡ أَهۡلَكۡنَا ٱلۡقُرُونَ مِن قَبۡلِكُمۡ لَمَّا ظَلَمُواْ وَجَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ وَمَا كَانُواْ لِيُؤۡمِنُواْۚ كَذَٰلِكَ نَجۡزِي ٱلۡقَوۡمَ ٱلۡمُجۡرِمِينَ
އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކުރީގެ أمّة ތަކުގެ މީހުންގެ ގާތަށް معجزات ތަކާއިގެން رسول ން ވަޑައިގަތުމުން، އެއުރެން އަނިޔާވެރިވީހިނދު، އެ أمّة ތައް ހަލާކު ކުރައްވައި ނެތިކުރެއްވީމެވެ. އެއުރެންނީ إيمان ވާނޭ ބަޔަކު ކަމުގައި ނުވެތެވެ. ކުށްވެރިވި މީހުންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ.