وَيَقُولُونَ لَوۡلَآ أُنزِلَ عَلَيۡهِ ءَايَةٞ مِّن رَّبِّهِۦۖ فَقُلۡ إِنَّمَا ٱلۡغَيۡبُ لِلَّهِ فَٱنتَظِرُوٓاْ إِنِّي مَعَكُم مِّنَ ٱلۡمُنتَظِرِينَ

އަދި އެއުރެން ބުނެތެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އެކަލޭގެފާނަށް معجزة އެއް ބާވައިލައްވާފައި ނުވަނީ ކީއްވެގެންބާވައެވެ! ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! غيب ތައް ދެނެވޮޑިގަތުންވާކަން ކަށަވަރީ، اللَّه އަށެވެ. ފަހެ، ތިޔަބައިމީހުން انتظار ކުރާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާއެކު انتظار ކުރާ މީހުންގެ ތެރެއިން ވާހުށީމެވެ.


وَإِذَآ أَذَقۡنَا ٱلنَّاسَ رَحۡمَةٗ مِّنۢ بَعۡدِ ضَرَّآءَ مَسَّتۡهُمۡ إِذَا لَهُم مَّكۡرٞ فِيٓ ءَايَاتِنَاۚ قُلِ ٱللَّهُ أَسۡرَعُ مَكۡرًاۚ إِنَّ رُسُلَنَا يَكۡتُبُونَ مَا تَمۡكُرُونَ

އަދި މީސްތަކުންނަށް ތަދުމަޑު حال އެއް ޖެހުމަށްފަހު، އެއުރެންނަށް ތިމަންރަސްކަލާނގެ رحمة ލައްވައި، ތިޔާގިކަމުގެ ރަހަ ދައްކަވާހިނދު، ތިމަންރަސްކަލާނގެ آية ތައް އެއުރެން ދޮގުކޮށް މަކަރު ހަދަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ މަކަރު ރައްދުކުރެއްވުމުގައި، اللَّه އަވަސްވެވޮޑިގަތުން ބޮޑެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ملائكة ން ތިޔަބައިމީހުން ހަދާ މަކަރުތައް ލިޔުއްވަތެވެ.


هُوَ ٱلَّذِي يُسَيِّرُكُمۡ فِي ٱلۡبَرِّ وَٱلۡبَحۡرِۖ حَتَّىٰٓ إِذَا كُنتُمۡ فِي ٱلۡفُلۡكِ وَجَرَيۡنَ بِهِم بِرِيحٖ طَيِّبَةٖ وَفَرِحُواْ بِهَا جَآءَتۡهَا رِيحٌ عَاصِفٞ وَجَآءَهُمُ ٱلۡمَوۡجُ مِن كُلِّ مَكَانٖ وَظَنُّوٓاْ أَنَّهُمۡ أُحِيطَ بِهِمۡ دَعَوُاْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ لَئِنۡ أَنجَيۡتَنَا مِنۡ هَٰذِهِۦ لَنَكُونَنَّ مِنَ ٱلشَّـٰكِرِينَ

އެކަލާނގެއީ، އެއްގަމާއި، ކަނޑުގައި، ތިޔަބައިމީހުން ދަތުރުކުރާގޮތް ހިންމަވައިދެއްވާ ރަސްކަލާނގެއެވެ. ދެން ތިޔަަބައިމީހުން، ނަވަށް އަރައި ނަލަ ރޯޅިއަކާއެކު އެއުރެންނާއިގެން އެ ނައު ދުއްވައިގަތުމުން، އެކަމާ އެއުރެން އުފާކޮށްކޮށް ތިއްބައި، އެ ނަވަށް ޖެހުނުގަދަ ކޮޅިގަނޑަކުން ހުރިހާ ފަރާތަކުން އެއުރެންނާ ދިމާޔަށް ރާޅުތައް އައިސް އެއުރެން ހަލާކުވެދާނެހެން ހީވީމާ، އެކަލާނގެއަށް إيمان ކަން خالص ކުރާ حال ގައި، اللَّه އަށް އެއުރެން دعاء ކުރެތެވެ. މިކަމުން، އިބަރަސްކަލާނގެ އަޅަމެން ސަލާމަތްކުރައްވައިފިނަމަ، ހަމަކަށަވަރުން، شكر ކުރާ މީހުންގެ ތެރެއިން އަޅަމެން ވާހުށީމުއެވެ.



الصفحة التالية
Icon