إِنَّ ٱللَّهَ لَا يَظۡلِمُ ٱلنَّاسَ شَيۡـٔٗا وَلَٰكِنَّ ٱلنَّاسَ أَنفُسَهُمۡ يَظۡلِمُونَ

ހަމަކަށަވަރުން، اللَّه، އެއްވެސްކަމަކުން މީސްތަކުންނަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، މީސްތަކުން އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާކުރެތެވެ.


وَيَوۡمَ يَحۡشُرُهُمۡ كَأَن لَّمۡ يَلۡبَثُوٓاْ إِلَّا سَاعَةٗ مِّنَ ٱلنَّهَارِ يَتَعَارَفُونَ بَيۡنَهُمۡۚ قَدۡ خَسِرَ ٱلَّذِينَ كَذَّبُواْ بِلِقَآءِ ٱللَّهِ وَمَا كَانُواْ مُهۡتَدِينَ

އެކަލާނގެ އެއުރެން محشر އަށް ފޮނުއްވާ ދުވަހު، ދުވާލުން ساعة އެއްގެ މިންވަރަށް މެނުވީ (ދުނިޔޭގައި ނުވަތަ ކަށްވަޅުގައި) އެއުރެން ނުތިބޭކަހަލައެވެ. އެއުރެންގެ މެދުގައި تعارف ވާނެތެވެ. اللَّه އާ ބައްދަލުވާނޭކަން ދޮގުކުޅަ މީހުން، ގެއްލި ހަލާކުވެއްޖެކަން ކަށަވަރެވެ. އަދި އެއުރެންނީ، ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.


وَإِمَّا نُرِيَنَّكَ بَعۡضَ ٱلَّذِي نَعِدُهُمۡ أَوۡ نَتَوَفَّيَنَّكَ فَإِلَيۡنَا مَرۡجِعُهُمۡ ثُمَّ ٱللَّهُ شَهِيدٌ عَلَىٰ مَا يَفۡعَلُونَ

އެއުރެންނަށް ތިމަންރަސްކަލާނގެ وعد ކުރެއްވި ބައެއްކަންތައް ކަލޭގެފާނަށް ދެއްކެވިޔަސް، ނުވަތަ (އޭގެކުރިން) ތިމަންރަސްކަލާނގެ ކަލޭގެފާނު މަރުގެންނެވިޔަސް، ފަހެ، އެއުރެންގެ رجوع ވުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ މައްޗަށް، اللَّه ހެކިވެވޮޑިގަންނަވާނެތެވެ.


وَلِكُلِّ أُمَّةٖ رَّسُولٞۖ فَإِذَا جَآءَ رَسُولُهُمۡ قُضِيَ بَيۡنَهُم بِٱلۡقِسۡطِ وَهُمۡ لَا يُظۡلَمُونَ

އަދި ކޮންމެ أمّة އަކަށްވެސް رسول އަކުވެއެވެ. ފަހެ، (قيامة ދުވަހުން) އެ أمّة އެއްގެ رسول އަކު ވަޑައިގަތުމުން، އެއުރެންގެ މެދުގައި عدل އަށް حكم ކުރައްވާނެތެވެ. އަދި އެއުރަންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.



الصفحة التالية
Icon