فَكَذَّبُوهُ فَنَجَّيۡنَٰهُ وَمَن مَّعَهُۥ فِي ٱلۡفُلۡكِ وَجَعَلۡنَٰهُمۡ خَلَـٰٓئِفَ وَأَغۡرَقۡنَا ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَاۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُنذَرِينَ

ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި ނާކޮޅުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ. އަދި އޭގެފަހުން (ބިމުގައި) އުޅޭނެ ބަޔަކު ކަމުގައި އެއުރެން ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ آية ތައް ދޮގުކުރިމީހުން غرق ކުރެއްވީމެވެ. ފަހެ، إنذار ވެވުނު މީހުންގެ ނިމުންހުރީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!


ثُمَّ بَعَثۡنَا مِنۢ بَعۡدِهِۦ رُسُلًا إِلَىٰ قَوۡمِهِمۡ فَجَآءُوهُم بِٱلۡبَيِّنَٰتِ فَمَا كَانُواْ لِيُؤۡمِنُواْ بِمَا كَذَّبُواْ بِهِۦ مِن قَبۡلُۚ كَذَٰلِكَ نَطۡبَعُ عَلَىٰ قُلُوبِ ٱلۡمُعۡتَدِينَ

ދެން އެކަލޭގެފާނަށް ފަހުގައި ތިމަންރަސްކަލާނގެ رسول ންތަކެއް އެބޭކަލުންގެ قوم ގެމީހުންގެ ގާތަށް ފޮނުއްވީމެވެ. ފަހެ، بيان ވެގެންވާ ހެކިތައް އެއުރެންނަށް އެބޭކަލުން ގެނެސްދެއްވޫއެވެ. (ނަމަވެސް) ކުރިން އެއުރެން ދޮގުކުރި ކަންތަކަށް إيمان ވާ ބަޔަކު ކަމުގައި އެއުރެން ނުވިއެވެ. ހަމައެފަދައިން ދެކޮޅުވެރިވެ ހައްދުފަހަނަޅައިދާ މީހުންގެ ހިތްތަކުގައި ތިމަންރަސްކަލާނގެ ސިއްކަގައްސަވާހުށީމެވެ.


ثُمَّ بَعَثۡنَا مِنۢ بَعۡدِهِم مُّوسَىٰ وَهَٰرُونَ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ بِـَٔايَٰتِنَا فَٱسۡتَكۡبَرُواْ وَكَانُواْ قَوۡمٗا مُّجۡرِمِينَ

ދެން އެބޭކަލުންނަށް ފަހުގައި، فرعون އާއި، އޭނާގެ ބޮޑުންގެ ގާތަށް، ތިމަންރަސްކަލާނގެ آية ތަކާއިގެން موسى ގެފާނާއި، هارون ގެފާނު ފޮނުއްވީމެވެ. ދެން އެއުރެން كبر ވެރިވެގަތޫއެވެ. އަދި ކުށްވެރި ބަޔަކު ކަމުގައި އެއުރެންވިއެވެ.



الصفحة التالية
Icon