فَلَمَّآ أَلۡقَوۡاْ قَالَ مُوسَىٰ مَا جِئۡتُم بِهِ ٱلسِّحۡرُۖ إِنَّ ٱللَّهَ سَيُبۡطِلُهُۥٓ إِنَّ ٱللَّهَ لَا يُصۡلِحُ عَمَلَ ٱلۡمُفۡسِدِينَ

ފަހެ، އެއުރެން (އެތަކެތި) އުކިހިނދު، موسى ގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިޔަ ގެނައީ ޖާދޫއެވެ. ހަމަކަށަވަރުން، اللَّه، އެ ޖާދޫ باطل ކުރައްވާނެތެވެ. ހަމަކަށަވަރުން، فساد ކުރާ މީހުންގެ عمل، اللَّه إصلاح އެއް ނުކުރައްވާހުށްޓެވެ.


وَيُحِقُّ ٱللَّهُ ٱلۡحَقَّ بِكَلِمَٰتِهِۦ وَلَوۡ كَرِهَ ٱلۡمُجۡرِمُونَ

އަދި ކުށްވެރިން ނުރުހުނަސް، اللَّه އެކަލާނގެ كلمة ފުޅުތަކުން حق ސާބިތުކުރައްވައި ފާޅުކުރައްވާނެތެވެ.


فَمَآ ءَامَنَ لِمُوسَىٰٓ إِلَّا ذُرِّيَّةٞ مِّن قَوۡمِهِۦ عَلَىٰ خَوۡفٖ مِّن فِرۡعَوۡنَ وَمَلَإِيْهِمۡ أَن يَفۡتِنَهُمۡۚ وَإِنَّ فِرۡعَوۡنَ لَعَالٖ فِي ٱلۡأَرۡضِ وَإِنَّهُۥ لَمِنَ ٱلۡمُسۡرِفِينَ

ފަހެ، موسى ގެފާނަށް އެކަލޭގެފާނުގެ قوم ގެ ބައެއް ދަރިކޮޅު މެނުވީ إيمان އެއް ނުވެތެވެ. (އެއީ) فرعون އާއި، އޭނާގެ ބޮޑުންނަށް ބިރުންނެވެ. އެއުރެންނަށް އަނިޔާކޮށް، دين ން އެއްކިބާކޮށްފާނެ ކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، فرعون އަކީ، ބިމުގައި ވަރަށް ބޮޑާވެގެން އުޅުނު މީހެކެވެ. އަދި ހަމަކަށަވަރުން، އޭނާވަނީ (އަނިޔާވެރިކަމާއި فساد ވެރިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހުންގެ ތެރެއިންނެވެ.


وَقَالَ مُوسَىٰ يَٰقَوۡمِ إِن كُنتُمۡ ءَامَنتُم بِٱللَّهِ فَعَلَيۡهِ تَوَكَّلُوٓاْ إِن كُنتُم مُّسۡلِمِينَ

އަދި موسى ގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނެވެ! ތިޔަބައިމީހުން اللَّه އަށް إيمان ވެގެންވާނަމަ، ފަހެ، އެކަލާނގެއަށް وكيل ކުރާށެވެ! ތިޔަބައިމީހުންނީ مسلم ން ކަމުގައި ވާނަމައެވެ.



الصفحة التالية
Icon