قُلۡ يَـٰٓأَيُّهَا ٱلنَّاسُ إِن كُنتُمۡ فِي شَكّٖ مِّن دِينِي فَلَآ أَعۡبُدُ ٱلَّذِينَ تَعۡبُدُونَ مِن دُونِ ٱللَّهِ وَلَٰكِنۡ أَعۡبُدُ ٱللَّهَ ٱلَّذِي يَتَوَفَّىٰكُمۡۖ وَأُمِرۡتُ أَنۡ أَكُونَ مِنَ ٱلۡمُؤۡمِنِينَ

ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ دين އާމެދު شك އެއްގައި ވާނަމަވެސް، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވާހުށީމެވެ. އެހެނެއްކަމަކު، ތިމަންކަލޭގެފާނު އަޅުކަންކުރައްވާހުށީ، اللَّه އަށެވެ. އެކަލާނގެއީ، ތިޔަބައިމީހުން މަރުގަންނަވާ ރަސްކަލާނގެއެވެ. އަދި ތިމަންކަލޭގެފާނަށް أمر ކުރައްވާފައިވަނީ، مؤمن ންގެ ތެރެއިން ވުމަށެވެ.


وَأَنۡ أَقِمۡ وَجۡهَكَ لِلدِّينِ حَنِيفٗا وَلَا تَكُونَنَّ مِنَ ٱلۡمُشۡرِكِينَ

އަދި باطل މަގުން އެއްކިބާވެ، حق ގެ މަގަށް تبع ވެގެންވާ حال، ކަލޭގެފާނުގެ މޫނުފުޅު إسلام دين އާ ކުރިމަތިކުރައްވާށެވެ! އަދި ކަލޭގެފާނު مشرك ންގެ ތެރެއިން ވެވަޑައި ނުގަންނަވާހުށިކަމެވެ!


وَلَا تَدۡعُ مِن دُونِ ٱللَّهِ مَا لَا يَنفَعُكَ وَلَا يَضُرُّكَۖ فَإِن فَعَلۡتَ فَإِنَّكَ إِذٗا مِّنَ ٱلظَّـٰلِمِينَ

އަދި اللَّه ފިޔަވައި ކަލޭގެފާނަށް މަންފާއެއް ނުދެވޭ، އަދި ކަލޭގެފާނަށް ގެއްލުމެއްވެސް ނުދެވޭ ތަކެއްޗަށް، ކަލޭގެފާނު އަޅުކަން ނުކުރައްވާށެވެ! ފަހެ، ކަލޭގެފާނު އެކަންކުރައްވައިފިނަމަ، ހަމަކަށަވަރުން، އޭރުން ކަލޭގެފާނު ވާނީ އަނިޔާވެރިވި މީހުންގެ ތެރެއިންނެވެ.


وَإِن يَمۡسَسۡكَ ٱللَّهُ بِضُرّٖ فَلَا كَاشِفَ لَهُۥٓ إِلَّا هُوَۖ وَإِن يُرِدۡكَ بِخَيۡرٖ فَلَا رَآدَّ لِفَضۡلِهِۦۚ يُصِيبُ بِهِۦ مَن يَشَآءُ مِنۡ عِبَادِهِۦۚ وَهُوَ ٱلۡغَفُورُ ٱلرَّحِيمُ

އަދި اللَّه ތިބާއަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ، އެކަން ފިއްލަވާނޭ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ކަލޭގެފާނަށް ހެޔޮކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ فضل ވަންތަކަން އަނބުރާ ރައްދުކުރެވޭނެ ފަރާތެއް ނުވެތެވެ. އެ فضل ވަންތަކަން އެކަލާނގެ ދެއްވަނީ، އެކަލާނގެ އަޅުންގެ ތެރެއިން، އެކަލާނގެ އިރާދަކުރެއްވި މީހަކަށެވެ. އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ.



الصفحة التالية
Icon