فَإِلَّمۡ يَسۡتَجِيبُواْ لَكُمۡ فَٱعۡلَمُوٓاْ أَنَّمَآ أُنزِلَ بِعِلۡمِ ٱللَّهِ وَأَن لَّآ إِلَٰهَ إِلَّا هُوَۖ فَهَلۡ أَنتُم مُّسۡلِمُونَ

ފަހެ، އެއުރެން ތިޔަބައިމީހުންނަށް އިޖާބަ ނުދީފިނަމަ، ފަހެ، ތިޔަބައިމީހުން ދަންނާށެވެ! އެ آية ތައް ބާވައިލައްވާފައިވަނީ، اللَّه ގެ ދެނެވޮޑިގަތުމާ އެކުގައެވެ. އަދި އެކަލާނގެ މެނުވީ، حق ވެގެން އަޅުކަމެއްވެވޭ إله އަކު ނުވެތެވެ. ފަހެ، ތިޔަބައިމީހުން مسلم ން ކަމުގައި ވާނޫހެއްޔެވެ؟


مَن كَانَ يُرِيدُ ٱلۡحَيَوٰةَ ٱلدُّنۡيَا وَزِينَتَهَا نُوَفِّ إِلَيۡهِمۡ أَعۡمَٰلَهُمۡ فِيهَا وَهُمۡ فِيهَا لَا يُبۡخَسُونَ

ދުނިޔޭގެ ދިރިއުޅުމާއި، އެ ދުނިޔޭގެ ޒީނަތްތެރިކަމަށް އެދޭމީހާ (ދަންނާށެވެ!) އެއުރެންގެ عمل ތައް ތިމަންރަސްކަލާނގެ އެއުރެންނަށް އެތާނގައި ހަމަޔަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާނގައި އުނި ނުކުރައްވާހުށްޓެވެ.


أُوْلَـٰٓئِكَ ٱلَّذِينَ لَيۡسَ لَهُمۡ فِي ٱلۡأٓخِرَةِ إِلَّا ٱلنَّارُۖ وَحَبِطَ مَا صَنَعُواْ فِيهَا وَبَٰطِلٞ مَّا كَانُواْ يَعۡمَلُونَ

އެއުރެންނީ آخرة ގައި ނަރަކަ ނޫން އެހެންތަނެއް އެއުރެންނަށް ނުވާ މީހުންނެވެ. އަދި އެއުރެންކުޅަ ކަންތައް އެތާނގައި، ބޭކާރުވެގެންވެތެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް باطل ވެގެންވެތެވެ.


أَفَمَن كَانَ عَلَىٰ بَيِّنَةٖ مِّن رَّبِّهِۦ وَيَتۡلُوهُ شَاهِدٞ مِّنۡهُ وَمِن قَبۡلِهِۦ كِتَٰبُ مُوسَىٰٓ إِمَامٗا وَرَحۡمَةًۚ أُوْلَـٰٓئِكَ يُؤۡمِنُونَ بِهِۦۚ وَمَن يَكۡفُرۡ بِهِۦ مِنَ ٱلۡأَحۡزَابِ فَٱلنَّارُ مَوۡعِدُهُۥۚ فَلَا تَكُ فِي مِرۡيَةٖ مِّنۡهُۚ إِنَّهُ ٱلۡحَقُّ مِن رَّبِّكَ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يُؤۡمِنُونَ

ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެ حضرة ން ބަޔާންވެގެންވާ ހެތްކެއްގެ މަތީގައި ހުރި މީހާވެސް ހެއްޔެވެ؟ (އެބަހީ: އެފަދަ މީހާއާއި، އިސްވެދިޔަ آية ގައި بيان ވެގެންވާ މީހުންނާ އެއްގޮތެއްނޫނެވެ.) އަދި އެކަލާނގެ حضرة ން ފޮނުއްވި ހެތްކެއް، އެއާވިދިގެން އާދެތެވެ. އަދި އޭގެކުރިން إمام އެއްގެ ގޮތުގައްޔާއި، رحمة އެއްގެ ގޮތުގައި موسى ގެފާނުގެ ފޮތް އޮތެވެ. އެއުރެން (އެބަހީ: ހެތްކެއްގެ މަތީގައިވާ މީހުން) އެއަށް إيمان ވެތެވެ. އަދި جماعة ތަކުގެ ތެރެއިން އެ ފޮތަށް كافر ވާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް وعد ކުރައްވާފައިވާ ތަނަކީ، ނަރަކައެވެ. ފަހެ، ކަލޭގެފާނު އެކަމާމެދު شك އެއްގައި ނުހުންނަވާށެވެ! ހަމަކަށަވަރުން، އެއީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އައި حق ގޮތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެއަކަށް) إيمان އެއް ނުވެތެވެ.



الصفحة التالية
Icon