وَلِكُلّٖ وِجۡهَةٌ هُوَ مُوَلِّيهَاۖ فَٱسۡتَبِقُواْ ٱلۡخَيۡرَٰتِۚ أَيۡنَ مَا تَكُونُواْ يَأۡتِ بِكُمُ ٱللَّهُ جَمِيعًاۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ

ކޮންމެ މީހަކަށްމެ (އަޅުކަންކުރުމުގައި) އެމީހަކު ކުރިމަތިލާ ފަރާތެއްވެއެވެ. ފަހެ، ހެޔޮކަންތައްކޮށް އުޅުމުގައި ތިޔަބައިމީހުން އެކަކު އަނެކަކާ ވާދަކޮށް، (އެކަކު އަނެކަކަށްވުރެ) ކުރިއަރައިދާށެވެ! ތިޔަބައިމީހުން ކޮންމެ ތަނެއްގައި ތިބިކަމުގައިވިޔަސް (قيامة ދުވަހުން) اللَّه ތިޔަބައިމީހުން އެންމެން އެއްތާކަށް ގެންނަވާނެތެވެ. ހަމަކަށަވަރުން، اللَّه އީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.


وَمِنۡ حَيۡثُ خَرَجۡتَ فَوَلِّ وَجۡهَكَ شَطۡرَ ٱلۡمَسۡجِدِ ٱلۡحَرَامِۖ وَإِنَّهُۥ لَلۡحَقُّ مِن رَّبِّكَۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعۡمَلُونَ

އަދި ކަލޭގެފާނު (ދަތުރުފުޅަކަށް) ނުކުމެވަޑައިގަތް ކޮންމެ ތަނަކުންވިޔަސް (ނަމާދު ކުރައްވާއިރު) حرمة ތެރިވެގެންވާ މިސްކިތާ ދިމާޔަށް ކަލޭގެފާނުގެ މޫނުފުޅު ކުރިމަތިކުރައްވާށެވެ! ހަމަކަށަވަރުން، އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ حق ގޮތްކަން ކަށަވަރެވެ. އަދި ތިޔަބައިމީހުން ކުރާ عمل ތަކާމެދު غافل ވެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ.


وَمِنۡ حَيۡثُ خَرَجۡتَ فَوَلِّ وَجۡهَكَ شَطۡرَ ٱلۡمَسۡجِدِ ٱلۡحَرَامِۚ وَحَيۡثُ مَا كُنتُمۡ فَوَلُّواْ وُجُوهَكُمۡ شَطۡرَهُۥ لِئَلَّا يَكُونَ لِلنَّاسِ عَلَيۡكُمۡ حُجَّةٌ إِلَّا ٱلَّذِينَ ظَلَمُواْ مِنۡهُمۡ فَلَا تَخۡشَوۡهُمۡ وَٱخۡشَوۡنِي وَلِأُتِمَّ نِعۡمَتِي عَلَيۡكُمۡ وَلَعَلَّكُمۡ تَهۡتَدُونَ

އަދި ކަލޭގެފާނު (ދަތުރުފުޅަކަށް) ނުކުމެވަޑައިގަތް ކޮންމެ ތަނަކުންވިޔަސް (ނަމާދުކުރައްވާއިރު) حرمة ތެރިވެގެންވާ މިސްކިތާ ދިމާޔަށް ކަލޭގެފާނުގެ މޫނުފުޅު ކުރިމަތި ކުރައްވާށެވެ! އަދި ތިޔަބައިމީހުން ތިބި ކޮންމެ ތަނެއްގައިމެ، އެތަނާ ދިމާޔަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ! އެއީ، އެއުރެންގެ ތެރެއިން އަނިޔާވެރިވި މީހުން ފިޔަވައި އެހެންމީހުންނަށް ތިޔަބައިމީހުންގެ މައްޗަށް ދައްކާނޭ حجة އެއް ނެތުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން އެއުރެންދެކެ ބިރު ނުގަންނާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! އަދި (ތިޔަބައިމީހުންނަށް قبلة އަންގައިދެއްވީ) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވާފައިވާ نعمة ފުރިހަމަ ކުރެއްވުމަށްޓަކައެވެ. އަދި ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.



الصفحة التالية
Icon