وَمَا ظَلَمۡنَٰهُمۡ وَلَٰكِن ظَلَمُوٓاْ أَنفُسَهُمۡۖ فَمَآ أَغۡنَتۡ عَنۡهُمۡ ءَالِهَتُهُمُ ٱلَّتِي يَدۡعُونَ مِن دُونِ ٱللَّهِ مِن شَيۡءٖ لَّمَّا جَآءَ أَمۡرُ رَبِّكَۖ وَمَا زَادُوهُمۡ غَيۡرَ تَتۡبِيبٖ

އަދި ތިމަންރަސްކަލާނގެ އެއުރެންނަކަށް އަނިޔާއެއް ނުކުރައްވަމެވެ. އެހެނެއްކަމަކު، އެއުރެންގެ އަމިއްލަ نفس ތަކަށް، އެއުރެން އަނިޔާވެރިވޫއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ފުޅު އައިހިނދު، اللَّه ފިޔަވައި، އެއުރެން އަޅުކަންކޮށްއުޅުނު އެއުރެންގެ إله ންތައް، އެއްވެސްކަމެއް އެއުރެންނަކަށް ފުއްދައެއް ނުދެތެވެ. އެ إله ން، އެއުރެންނަށް ގެއްލުންދިނުން މެނުވީ އިތުރެއް ނުކުރެތެވެ.


وَكَذَٰلِكَ أَخۡذُ رَبِّكَ إِذَآ أَخَذَ ٱلۡقُرَىٰ وَهِيَ ظَٰلِمَةٌۚ إِنَّ أَخۡذَهُۥٓ أَلِيمٞ شَدِيدٌ

ރަށްތައް (އެބަހީ: ރަށްތަކުގެ أهل ވެރިން) އަނިޔާވެރިވެގެންވާ حال، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެ ރަށްތައް ހިއްޕަވާހިނދު، އެކަލާނގެ ހިއްޕެވުންއޮތީ، އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލާނގެ ހިއްޕެވުމަކީ، ވޭންދެނިވި، ގަދަފަދަ ކަމެކެވެ.


إِنَّ فِي ذَٰلِكَ لَأٓيَةٗ لِّمَنۡ خَافَ عَذَابَ ٱلۡأٓخِرَةِۚ ذَٰلِكَ يَوۡمٞ مَّجۡمُوعٞ لَّهُ ٱلنَّاسُ وَذَٰلِكَ يَوۡمٞ مَّشۡهُودٞ

ހަމަކަށަވަރުން، آخرة ގެ عذاب އަށް ބިރުވެތިވެއްޖެ މީހާއަށް އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. އެއީ އެދުވަހަށްޓަކައި މީސްތަކުން އެއްކުރައްވާނޭ ދުވަހެކެވެ. އަދި އެއީ (އެންމެން) ދެކޭނޭ ދުވަހެކެވެ.


وَمَا نُؤَخِّرُهُۥٓ إِلَّا لِأَجَلٖ مَّعۡدُودٖ

އަދި عدد ކުރައްވާފައިވާ މުއްދަތަކަށް މެނުވީ، ތިމަންރަސްކަލާނގެ އެދުވަސް ފަހެއް ނުކުރައްވަމެވެ.



الصفحة التالية
Icon