وَمَا كَانَ رَبُّكَ لِيُهۡلِكَ ٱلۡقُرَىٰ بِظُلۡمٖ وَأَهۡلُهَا مُصۡلِحُونَ

ރަށްތަކުގެ أهل ވެރިން ރަނގަޅަށް ކަންތައްކުރާ ބަޔަކު ކަމުގައިވަނިކޮށް، އަނިޔާވެރިގޮތުގައި އެ ރަށްތައް ހަލާކު ކުރެއްވުމަކަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދައެއް ނުކުރައްވަތެވެ.


وَلَوۡ شَآءَ رَبُّكَ لَجَعَلَ ٱلنَّاسَ أُمَّةٗ وَٰحِدَةٗۖ وَلَا يَزَالُونَ مُخۡتَلِفِينَ

ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވިނަމަ، މީސްތަކުން އެއް أمّة އެއް ކަމުގައި ލައްވައިފީސްކަން ކަށަވަރެވެ. ނަމަވެސް خلاف ވުމުގައި އެއުރެން ފިލައިނުދެތެވެ.


إِلَّا مَن رَّحِمَ رَبُّكَۚ وَلِذَٰلِكَ خَلَقَهُمۡۗ وَتَمَّتۡ كَلِمَةُ رَبِّكَ لَأَمۡلَأَنَّ جَهَنَّمَ مِنَ ٱلۡجِنَّةِ وَٱلنَّاسِ أَجۡمَعِينَ

ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ލެއްވި ބަޔަކު މެނުވީއެވެ. އެކަލާނގެ އެއުރެން ހެއްދެވީ އެކަމަށްޓަކައެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބަސްފުޅު ފުރިހަމަވެފައިވެއެވެ. (އެ ބަސްފުޅަކީ) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، މީސްތަކުންނާއި، ޖިންނީންނާއި، ދެ ބާވަތުން ނަރަކަ ފުރުއްވާހުށީމެވެ.


وَكُلّٗا نَّقُصُّ عَلَيۡكَ مِنۡ أَنۢبَآءِ ٱلرُّسُلِ مَا نُثَبِّتُ بِهِۦ فُؤَادَكَۚ وَجَآءَكَ فِي هَٰذِهِ ٱلۡحَقُّ وَمَوۡعِظَةٞ وَذِكۡرَىٰ لِلۡمُؤۡمِنِينَ

އަދި رسول ންގެ خبر ތަކުގެ ތެރެއިން މިއެންމެހާ خبر ތައް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވަނީ، އެއިން ތިމަންރަސްކަލާނގެ ކަލޭގެފާނުގެ ހިތްޕުޅު ސާބިތުކޮށްދެއްވުމަށެވެ. އަދި މި خبر ތަކުގައި ކަލޭގެފާނާ ހަމަޔަށް އައިސްފައިވަނީ، حق ތެދުބަސްފުޅެވެ. އަދި مؤمن ތަކުންނަށް وعظ އަކާއި، ހަނދާންކޮށްދިނުމެކެވެ.



الصفحة التالية
Icon