قَالَ لَا يَأۡتِيكُمَا طَعَامٞ تُرۡزَقَانِهِۦٓ إِلَّا نَبَّأۡتُكُمَا بِتَأۡوِيلِهِۦ قَبۡلَ أَن يَأۡتِيَكُمَاۚ ذَٰلِكُمَا مِمَّا عَلَّمَنِي رَبِّيٓۚ إِنِّي تَرَكۡتُ مِلَّةَ قَوۡمٖ لَّا يُؤۡمِنُونَ بِٱللَّهِ وَهُم بِٱلۡأٓخِرَةِ هُمۡ كَٰفِرُونَ

އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަ ދެމީހުންނަށް ލިބޭ ކާނާއެއް ތިޔަ ދެމީހުންނަށް އައުމުގެ ކުރިން، ތިމަންކަލޭގެފާނު ތިޔަ ދެމީހުންނަށް އެއީ ކޮންއެއްޗެއްކަން އަންގައިދެއްވާހުށީމެވެ. އެއީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިމަންކަލޭގެފާނަށް އުނގަންނައިދެއްވި ކަންތަކުގެ ތެރެއިން ކަމެކެވެ. اللَّه އަށް إيمان ނުވާ ބަޔެއްގެ دين ހަމަކަށަވަރުން، ތިމަން ދޫކޮށްލައިފީމެވެ. އަދި އެއުރެންނީ، ހަމަ، آخرة އަށް كافر ވެގެންވާ ބަޔެކެވެ.


وَٱتَّبَعۡتُ مِلَّةَ ءَابَآءِيٓ إِبۡرَٰهِيمَ وَإِسۡحَٰقَ وَيَعۡقُوبَۚ مَا كَانَ لَنَآ أَن نُّشۡرِكَ بِٱللَّهِ مِن شَيۡءٖۚ ذَٰلِكَ مِن فَضۡلِ ٱللَّهِ عَلَيۡنَا وَعَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَشۡكُرُونَ

އަދި ތިމަންކަލޭގެފާނުގެ ކާބަފައިކަލުނަވި إبراهيم ގެފާނާއި، إسحاق ގެފާނާއި، يعقوب ގެފާނުގެ دين އަށް ތިމަންކަލޭގެފާނު تبع ވެވަޑައިގަތީމެވެ. اللَّه އަށް އެއްވެސް އެއްޗެއް شريك ކުރުމަކީ ތިމަންމެންނަށް އޮތްކަމެއްނޫނެވެ. އެއީ ތިމަންމެންނަށާއި، މީސްތަކުންނަށް اللَّه ދެއްވި فضل ވަންތަކަމުގެ ތެރެއިންވާ ކަމެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަލާނގެއަށް) شكر އެއް ނުކުރެތެވެ.


يَٰصَٰحِبَيِ ٱلسِّجۡنِ ءَأَرۡبَابٞ مُّتَفَرِّقُونَ خَيۡرٌ أَمِ ٱللَّهُ ٱلۡوَٰحِدُ ٱلۡقَهَّارُ

އޭ ޖަލުގެ ދެ އެކުވެރިންނޭވެ! ވަކިވަކިވެގެންވާ ކަލާނގެ ތަކެއްހޭ ރަނގަޅީ، ނުވަތަ އެއްކައުވަންތަ، ބާރުވެރިވަންތަ اللَّه ހެއްޔެވެ؟



الصفحة التالية
Icon