إِذۡ تَبَرَّأَ ٱلَّذِينَ ٱتُّبِعُواْ مِنَ ٱلَّذِينَ ٱتَّبَعُواْ وَرَأَوُاْ ٱلۡعَذَابَ وَتَقَطَّعَتۡ بِهِمُ ٱلۡأَسۡبَابُ

އެއީ تبع ވެވުނުމީހުން تبع ވިމީހުންގެ ކިބައިން ދުރުހެލިވެ ބަރީއަވެގަންނަ ހިނދެވެ. އަދި އެއުރެން (އެބަހީ: އެ ދެބައިމީހުން) عذاب ދެކޭހިނދެވެ. އަދި އެއުރެންގެ މެދުގައިވާ ގުޅުންތަކުގެ ސަބަބުތައް ކެނޑިގެންދާ ހިނދެވެ.


وَقَالَ ٱلَّذِينَ ٱتَّبَعُواْ لَوۡ أَنَّ لَنَا كَرَّةٗ فَنَتَبَرَّأَ مِنۡهُمۡ كَمَا تَبَرَّءُواْ مِنَّاۗ كَذَٰلِكَ يُرِيهِمُ ٱللَّهُ أَعۡمَٰلَهُمۡ حَسَرَٰتٍ عَلَيۡهِمۡۖ وَمَا هُم بِخَٰرِجِينَ مِنَ ٱلنَّارِ

އަދި تبع ވިމީހުން ބުނޫއެވެ. ތިމަންމެންނަށް އަލުން ދުނިޔެއަށް އަދި އެއްފަހަރު އެނބުރި ދިޔުމެއް ލިބޭނެ ނަމައެވެ. (އެއީ) ތިމަންމެންގެ ކިބައިން ބަރީއަވެގަތް ފަދައިން، ތިމަންމެންވެސް އެއުރެންގެ ކިބައިން ބަރީއަވެގަތުމަށެވެ. އެއުރެންގެ عمل ތަކަކީ، އެއުރެންގެ މައްޗަށްވާ ހިތާމަތަކެއް ކަމުގައި اللَّه އެއުރެންނަށް ދައްކަވަނީ އެފަދައިންނެވެ. އަދި ނަރަކައިގެ ތެރެއިން ނުކުންނާނޭ ބަޔަކު ކަމުގައި އެއުރެން ނުވެތެވެ.


يَـٰٓأَيُّهَا ٱلنَّاسُ كُلُواْ مِمَّا فِي ٱلۡأَرۡضِ حَلَٰلٗا طَيِّبٗا وَلَا تَتَّبِعُواْ خُطُوَٰتِ ٱلشَّيۡطَٰنِۚ إِنَّهُۥ لَكُمۡ عَدُوّٞ مُّبِينٌ

އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން حلال ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ! އަދިި شيطان އާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން تبع ނުވާށެވެ! (އެހެނީ) ހަމަކަށަވަރުން އެ شيطان އާއީ، ތިޔަބައިމީހުންނަށްހުރި ކަނޑައެޅި ބަޔާންވެގެންވާ عداوة ތެރިޔެކެވެ.



الصفحة التالية
Icon