يَمۡحُواْ ٱللَّهُ مَا يَشَآءُ وَيُثۡبِتُۖ وَعِندَهُۥٓ أُمُّ ٱلۡكِتَٰبِ

اللَّه، އެކަލާނގެ އިރާދަކުރައްވާ ކޮންމެ ކަމެއް ފުހެލައްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ކޮންމެކަމެއް ސާބިތުކުރައްވަތެވެ. އަދި އެކަލާނގެ حضرة ގައި، މައިފޮތް (އެބަހީ: اللوح المحفوظ) ވެއެވެ.


وَإِن مَّا نُرِيَنَّكَ بَعۡضَ ٱلَّذِي نَعِدُهُمۡ أَوۡ نَتَوَفَّيَنَّكَ فَإِنَّمَا عَلَيۡكَ ٱلۡبَلَٰغُ وَعَلَيۡنَا ٱلۡحِسَابُ

ތިމަންރަސްކަލާނގެ އެއުރެންނަށް وعد ކުރައްވާ ބައެއް ކަންތައް ކަލޭގެފާނަށް ދައްކަވާނަމަ، ނުވަތަ (އޭގެކުރިން) ކަލޭގެފާނުގެ ފުރާނަ ހިއްޕަވާނަމަ، ފަހެ، ކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ (މީސްތަކުންނަށް) އިއްވެވުމެވެ. އަދި حساب ބެއްލެވުންވަނީ، ތިމަންރަސްކަލާނގެއަށެވެ.


أَوَلَمۡ يَرَوۡاْ أَنَّا نَأۡتِي ٱلۡأَرۡضَ نَنقُصُهَا مِنۡ أَطۡرَافِهَاۚ وَٱللَّهُ يَحۡكُمُ لَا مُعَقِّبَ لِحُكۡمِهِۦۚ وَهُوَ سَرِيعُ ٱلۡحِسَابِ

އަދި ތިމަންރަސްކަލާނގެ، ބިމާމެދު އިރާދަކުރައްވައި، އެ ބިމުގެ ކަންކޮޅުތަކުން އުނިކުރައްވާކަން، އެއުރެންނަށް ނޭނގޭހެއްޔެވެ؟ اللًّه، حكم ކުރައްވަތެވެ. އެކަލާނގެ حكم އަށް ބަދަލެއްގެންނާނޭ އެއްވެސް ފަރާތެއް ނުވެތެވެ. އަދި އެކަލާނގެއީ، حساب ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ.


وَقَدۡ مَكَرَ ٱلَّذِينَ مِن قَبۡلِهِمۡ فَلِلَّهِ ٱلۡمَكۡرُ جَمِيعٗاۖ يَعۡلَمُ مَا تَكۡسِبُ كُلُّ نَفۡسٖۗ وَسَيَعۡلَمُ ٱلۡكُفَّـٰرُ لِمَنۡ عُقۡبَى ٱلدَّارِ

ހަމަކަށަވަރުން، އެއުރެންގެ ކުރީގައި އުޅުނު މީހުންވެސް، މަކަރުވެރި ރޭވުންތައް ރާވައި އުޅުނޫއެވެ. ފަހެ، ހުރިހާ ރޭވުމެއްވަނީ، اللَّه އަށެވެ. ކޮންމެ نفس އެއް ހޯދައިގަންނަކަމެއް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި آخرة ގެ نعمة ގެ ގޮވަތި ވަނީ، ކޮންބަޔަކަށްކަން، كافر ތަކުންނަށް އެނގޭހުށްޓެވެ.



الصفحة التالية
Icon