إِن تَحۡرِصۡ عَلَىٰ هُدَىٰهُمۡ فَإِنَّ ٱللَّهَ لَا يَهۡدِي مَن يُضِلُّۖ وَمَا لَهُم مِّن نَّـٰصِرِينَ

އެއުރެންނަށް ތެދުމަގު ލިބުމުގެ މައްޗަށް ކަލޭގެފާނު شوق ވެރިވެ ވަޑައިގަތަސް، ފަހެ، ހަމަކަށަވަރުން، اللَّه، އެކަލާނގެ މަގުފުރައްދަވާ މީހަކަށް ތެދުމަގެއް ނުދައްކަވަތެވެ. އަދި އެއުރެންނަށް نصر ދޭނޭ އެއްވެސް ބަޔަކު ނުވެތެވެ.


وَأَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَٰنِهِمۡ لَا يَبۡعَثُ ٱللَّهُ مَن يَمُوتُۚ بَلَىٰ وَعۡدًا عَلَيۡهِ حَقّٗا وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ

އެއުރެންނަށް ވެވުނުހާ ގަދައެއްކޮށް اللَّه ގަންދީ ހުވާކޮށް އެއުރެން ބުނެފޫއެވެ. މަރުވާ މީހަކު (އަލުން އެހެން ދިރުމަކަށް) اللَّه ނުފޮނުއްވާނެތެވެ. އެހެންނަކުން ނޫނެވެ. (އެއީ) އެކަލާނގެއަށް ކަށަވަރުވެ حق ވެގެންވާ ގޮތުގައި، ކުރައްވާފައިވާ وعد އެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.


لِيُبَيِّنَ لَهُمُ ٱلَّذِي يَخۡتَلِفُونَ فِيهِ وَلِيَعۡلَمَ ٱلَّذِينَ كَفَرُوٓاْ أَنَّهُمۡ كَانُواْ كَٰذِبِينَ

އެއުރެން އެކަމާމެދު خلاف ވެ އުޅުނު ކަންތަކުގެ حقيقة އެއުރެންނަށް ބަޔާންކޮށްދެއްވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންވީ، ދޮގުވެރިންކަމުގައިކަން، كافر ވި މީހުން ދެނެގަތުމަށްޓަކައެވެ.


إِنَّمَا قَوۡلُنَا لِشَيۡءٍ إِذَآ أَرَدۡنَٰهُ أَن نَّقُولَ لَهُۥ كُن فَيَكُونُ

ތިމަންރަސްކަލާނގެ ކަމަކަށް އިރާދަކުރައްވައިފި ހިނދަކު، ތިމަންރަސްކަލާނގެ އެކަމަކަށް އަންގަވާ ބަސްފުޅެއްކަމުގައިވާކަން ކަށަވަރީ، [ވާށޭ] ތިމަންރަސްކަލާނގެ އެކަމަކަށް وحى ކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ.



الصفحة التالية
Icon