وَلِلَّهِۤ يَسۡجُدُۤ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ مِن دَآبَّةٖ وَٱلۡمَلَـٰٓئِكَةُ وَهُمۡ لَا يَسۡتَكۡبِرُونَ

އުޑުތަކުގައިވާހާ ތަކެއްޗާއި، ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ހުރިހާ ތަކެއްޗާއި، ملائكة ން، اللَّه އަށް سجدة ކުރެތެވެ. އަދި އެބޭކަލުން ބޮޑާވެއެއް ނުގަނެތެވެ.


يَخَافُونَ رَبَّهُم مِّن فَوۡقِهِمۡ وَيَفۡعَلُونَ مَا يُؤۡمَرُونَ۩

އެބޭކަލުންގެ މައްޗަށް، މަތިވެރިވެވޮޑިގެންވާ، އެބޭކަލުންގެ ވެރިރަސްކަލާނގެއަށް، އެބޭކަލުން ބިރުވެތިވެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާ ކަންތައް، އެބޭކަލުން ކުރައްވަތެވެ.


۞وَقَالَ ٱللَّهُ لَا تَتَّخِذُوٓاْ إِلَٰهَيۡنِ ٱثۡنَيۡنِۖ إِنَّمَا هُوَ إِلَٰهٞ وَٰحِدٞ فَإِيَّـٰيَ فَٱرۡهَبُونِ

اللَّه وحى ކުރެއްވިއެވެ. ތިޔަބައިމީހުން، ދެ إله ން ވާކަމަށް قبول ނުކުރާށެވެ! ހަމަކަށަވަރުން، އެކަލާނގެ ވާކަން ކަށަވަރީ، އެއްކައުވަންތަ ކަލާނގެ ކަމުގައެވެ. ފަހެ، ތިޔަބައިމީހުން ހަމައެކަނި، ތިމަންރަސްކަލާނގެއަށް ބިރުވެތިވާށެވެ!


وَلَهُۥ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَلَهُ ٱلدِّينُ وَاصِبًاۚ أَفَغَيۡرَ ٱللَّهِ تَتَّقُونَ

އަދި އުޑުތަކާއި، ބިމުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އަދި އަބަދުގެ އަބަދަށް، ކިޔަމަންވުންވަނީވެސް އެކަލާނގެއަށެވެ. ފަހެ، ތިޔަބައިމީހުން ބިރުވެތިވަނީ، اللَّه ނޫން ފަރާތަކަށް ހެއްޔެވެ؟


وَمَا بِكُم مِّن نِّعۡمَةٖ فَمِنَ ٱللَّهِۖ ثُمَّ إِذَا مَسَّكُمُ ٱلضُّرُّ فَإِلَيۡهِ تَجۡـَٔرُونَ

އަދި ތިޔަބައިމީހުންގެ ކިބައިގައިވާހާ نعمة އެއް ވަނީ، اللَّه ގެ حضرة ންނެވެ. ދެން ތިޔަބައިމީހުންނަށް ދަތިحال ޖެހިއްޖެނަމަ، ފަހެ، ތިޔަބައިމީހުން دعاء ކޮށް ދަންނަވަނީ، ހަމަ އެކަލާނގެ حضرة އަށެވެ.



الصفحة التالية
Icon