وَٱللَّهُ جَعَلَ لَكُم مِّنۡ أَنفُسِكُمۡ أَزۡوَٰجٗا وَجَعَلَ لَكُم مِّنۡ أَزۡوَٰجِكُم بَنِينَ وَحَفَدَةٗ وَرَزَقَكُم مِّنَ ٱلطَّيِّبَٰتِۚ أَفَبِٱلۡبَٰطِلِ يُؤۡمِنُونَ وَبِنِعۡمَتِ ٱللَّهِ هُمۡ يَكۡفُرُونَ

އަދި اللَّه، ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންނަށްޓަކައި، އަނބިންލައްވައި، އަދި ތިޔަބައިމީހުންގެ އަނބިންގެ ކިބައިން، ދަރިންނާއި، ދަރިންގެދަރިން ލައްވައި، އަދި ރަނގަޅު حلال ތަކެތިން، ތިޔަބައިމީހުންނަށް رزق ދެއްވިއެވެ. ފަހެ، އެއުރެން إيمان ވަނީ، باطل އަށް ހެއްޔެވެ؟ އަދި އެއުރެން كافر ވަނީ، اللَّه ގެ نعمة އަށް ހެއްޔެވެ؟


وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَمۡلِكُ لَهُمۡ رِزۡقٗا مِّنَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ شَيۡـٔٗا وَلَا يَسۡتَطِيعُونَ

اللَّه ފިޔަވައި، އެހެންފަރާތަކަށް، އެއުރެން އަޅުކަންކުރެތެވެ. (އެއީ) އުޑުތަކާއި، ބިމުން، އެއްވެސް އެއްޗަކުން އެއުރެންނަށް رزق ދިނުން މިލްކުވެގެން ނުވާ ތަކެއްޗެވެ. އަދި އެ ތަކެއްޗަށް، އެކަމަކަށް ކުޅަދާނަވެގެނެއް ނުމެވޭމެއެވެ.


فَلَا تَضۡرِبُواْ لِلَّهِ ٱلۡأَمۡثَالَۚ إِنَّ ٱللَّهَ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ

ފަހެ، ތިޔަބައިމީހުން، އެއްވެސް އެއްޗެއް اللَّه އާ އެއްފަދަ ނުކުރާށެވެ! ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.


۞ضَرَبَ ٱللَّهُ مَثَلًا عَبۡدٗا مَّمۡلُوكٗا لَّا يَقۡدِرُ عَلَىٰ شَيۡءٖ وَمَن رَّزَقۡنَٰهُ مِنَّا رِزۡقًا حَسَنٗا فَهُوَ يُنفِقُ مِنۡهُ سِرّٗا وَجَهۡرًاۖ هَلۡ يَسۡتَوُۥنَۚ ٱلۡحَمۡدُ لِلَّهِۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ

އެހެންމީހަކަށް މިލްކުވެގެންވާ، އަދި އެއްވެސްކަމެއް ކުރުމަށް ކުޅަދާނަވެގެންނުވާ އަޅަކާއި، ތިމަންރަސްކަލާނގެ ހެޔޮވެގެންވާ رزق ން رزق ދެއްވައި، ސިއްރާއި ފާޅުގައި އެއިން ހޭދަކޮށްއުޅޭ މީހަކާ ދެމީހުންގެ مثال ން اللَّه، مثال އެއް ޖެއްސެވިއެވެ. އެއުރެން ހަމަހަމަވާނޭ ހެއްޔެވެ؟ حمد ހުރީ، اللَّه އަށެވެ. އަދި ކިއެއްތަ! އެއުރެންކުރެ ގިނަ މީހުންނަކަށް ނޭނގެތެވެ.



الصفحة التالية
Icon