أَمۡ أَمِنتُمۡ أَن يُعِيدَكُمۡ فِيهِ تَارَةً أُخۡرَىٰ فَيُرۡسِلَ عَلَيۡكُمۡ قَاصِفٗا مِّنَ ٱلرِّيحِ فَيُغۡرِقَكُم بِمَا كَفَرۡتُمۡ ثُمَّ لَا تَجِدُواْ لَكُمۡ عَلَيۡنَا بِهِۦ تَبِيعٗا

ނުވަތަ ތިޔަބައިމީހުން އަލުން އެ ކަނޑުގެ ތެރެއަށް ދެވަނަފަހަރަށް ފޮނުއްވައި، ތިޔަބައިމީހުންގެ މައްޗަށް، ވައިގެ ގަދަރޯޅިއެއް ފޮނުއްވައި، ދެން ތިޔަބައިމީހުން كافر ވީކަމުގެ ސަބަބުން، ތިޔަބައިމީހުން غرق ކުރައްވައިފާނެކަމާމެދު، ތިޔަބައިމީހުން އަމާންކަން ލިބިގަތީހެއްޔެވެ؟ ދެން އެކަމުގެ ސަބަބުން، ތިމަންރަސްކަލާނގެއާ ދެކޮޅަށް، نصر ވެރިވާނެ ފަރާތެއް ތިޔަބައިމީހުންނަކަށް ނުފެންނާނެތެވެ.


۞وَلَقَدۡ كَرَّمۡنَا بَنِيٓ ءَادَمَ وَحَمَلۡنَٰهُمۡ فِي ٱلۡبَرِّ وَٱلۡبَحۡرِ وَرَزَقۡنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلۡنَٰهُمۡ عَلَىٰ كَثِيرٖ مِّمَّنۡ خَلَقۡنَا تَفۡضِيلٗا

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدم ގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން رزق ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ.


يَوۡمَ نَدۡعُواْ كُلَّ أُنَاسِۭ بِإِمَٰمِهِمۡۖ فَمَنۡ أُوتِيَ كِتَٰبَهُۥ بِيَمِينِهِۦ فَأُوْلَـٰٓئِكَ يَقۡرَءُونَ كِتَٰبَهُمۡ وَلَا يُظۡلَمُونَ فَتِيلٗا

ކޮންމެ ބަޔަކަށްމެ، އެބަޔެއްގެ إمام ގެ ނަމުން ތިމަންރަސްކަލާނގެ ގޮވައިލައްވާނޭ ދުވަސް ހަނދުމަކުރާށެވެ! ފަހެ، އެމީހެއްގެ ފަތް އެމީހެއްގެ ކަނާތަށް ލިބިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެން، އެއުރެންގެ ފަތް ކިޔާނެތެވެ. އަދި އެއުރެންނަށް ކިތަންމެ ކުޑަ މިންވަރަކުންވިޔަސް، ބޭއިންސާފެއް ނުކުރައްވާނެތެވެ.



الصفحة التالية
Icon