قُلۡ ءَامِنُواْ بِهِۦٓ أَوۡ لَا تُؤۡمِنُوٓاْۚ إِنَّ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ مِن قَبۡلِهِۦٓ إِذَا يُتۡلَىٰ عَلَيۡهِمۡ يَخِرُّونَۤ لِلۡأَذۡقَانِۤ سُجَّدٗاۤ

ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، އެ قرآن އަށް إيمان ވާށެވެ! ނުވަތަ إيمان ނުވާށެވެ! ހަމަކަށަވަރުން، އޭގެކުރިން علم ލިބިގެންވާ މީހުންނަށް އެ قرآن ކިޔަވައިދެއްވާހިނދު، އެއުރެން سجدة ކުރާ حال، މޫނުވަތަށް ތިރިވެއެވެ.


وَيَقُولُونَ سُبۡحَٰنَ رَبِّنَآ إِن كَانَ وَعۡدُ رَبِّنَا لَمَفۡعُولٗا

އަދި އެއުރެން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާނގެ ހުސްطاهر ވަންތަ ކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެ وعد ފުޅާ އެއްގޮތަށް ކަންތައް ވާހުށިކަން ކަށަވަރެވެ.


وَيَخِرُّونَ لِلۡأَذۡقَانِ يَبۡكُونَ وَيَزِيدُهُمۡ خُشُوعٗا۩

އަދި އެއުރެން ރޮމުން މޫނުވަތަށް سجدة އަށް ތިރިވެއެވެ. އަދި އެ قرآن، އެއުރެންނަށް މަޑުމޮޅިކަން އިތުރުކޮށްދެއެވެ.


قُلِ ٱدۡعُواْ ٱللَّهَ أَوِ ٱدۡعُواْ ٱلرَّحۡمَٰنَۖ أَيّٗا مَّا تَدۡعُواْ فَلَهُ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰۚ وَلَا تَجۡهَرۡ بِصَلَاتِكَ وَلَا تُخَافِتۡ بِهَا وَٱبۡتَغِ بَيۡنَ ذَٰلِكَ سَبِيلٗا

ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه ގެ اسم ފުޅުން دعاء ކުރާށެވެ! ނުވަތަ رحمـن ގެ اسم ފުޅުން دعاء ކުރާށެވެ! ތިޔަބައިމީހުން (އެކަލާނގެ اسم ފުޅުތަކުން) ކޮންމެ اسم ފުޅަކުން دعاء ކުރިޔަސް (ހަމަހަމައެވެ.) ފަހެ، އެކަލާނގެއަށް الأسماء الحسنى (އޭ ކިއުނު اسم ފުޅުތައް) ވެއެވެ. އަދި ކަލޭގެފާނު ނަމާދުގައި މާއަޑުހަރުކޮށް ކިޔަވައިވިދާޅުނުވާށެވެ! އަދި އެ ނަމާދުގައި މާ މަޑުންވެސް ކިޔަވައިވިދާޅުނުވާށެވެ! އަދި އެދޭތެރޭގެ މެދުމިން މަގެއް ކަލޭގެފާނު قصد ކުރައްވާށެވެ!



الصفحة التالية
Icon