هَلۡ يَنظُرُونَ إِلَّآ أَن يَأۡتِيَهُمُ ٱللَّهُ فِي ظُلَلٖ مِّنَ ٱلۡغَمَامِ وَٱلۡمَلَـٰٓئِكَةُ وَقُضِيَ ٱلۡأَمۡرُۚ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ

ތުނި ވިލާތަކުގެ ހިޔާތަކެއްގެ ތެރެއިން اللَّه ގެ (ކޯފާގެ) أمر ފުޅާއި އަދި ملآئكة ން އެއުރެންގެ ގާތަށް އައުމަށް މެނުވީ، އެއުރެން ބަލަބަލައި ނުތިބެނީ ހެއްޔެވެ؟ އެހިނދު ނިޔާކަނޑައެޅި ނިމިއްޖެއެވެ. ހުރިހާ ކަމެއްގެ ނިޔާ އެނބުރި ދާހުށީ، اللَّه ގެ حضرة އަށެވެ.


سَلۡ بَنِيٓ إِسۡرَـٰٓءِيلَ كَمۡ ءَاتَيۡنَٰهُم مِّنۡ ءَايَةِۭ بَيِّنَةٖۗ وَمَن يُبَدِّلۡ نِعۡمَةَ ٱللَّهِ مِنۢ بَعۡدِ مَا جَآءَتۡهُ فَإِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ

بيان ވެގެންހުރި ހެކިތަކުގެ ތެރެއިން ކިިތައް ކިތައް ކަންތައް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާފައިވޭތޯ، ކަލޭގެފާނު إسـرآءيـل ގެދަރިންނާ سؤال ކުރައްވައި ބައްލަވާށެވެ! اللَّه ގެ نعمة އެމީހަކަށް ލިބުމަށްފަހު، އެ نعمة ބަދަލުކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ.


زُيِّنَ لِلَّذِينَ كَفَرُواْ ٱلۡحَيَوٰةُ ٱلدُّنۡيَا وَيَسۡخَرُونَ مِنَ ٱلَّذِينَ ءَامَنُواْۘ وَٱلَّذِينَ ٱتَّقَوۡاْ فَوۡقَهُمۡ يَوۡمَ ٱلۡقِيَٰمَةِۗ وَٱللَّهُ يَرۡزُقُ مَن يَشَآءُ بِغَيۡرِ حِسَابٖ

كافر ވި މީސްތަކުންނަށް ދުނިޔޭގެ ދިރިއުޅުން ޒީނަތްތެރި ކުރެއްވިއެވެ. އަދި إيمان ވި މީސްތަކުންނަށް އެއުރެން މަލާމާތްކޮށް އުޅެތެވެ. تقوى ވެރިވި މީހުން قيامة ދުވަހުން ވާހުށީ، އެއުރެންނަށްވުރެން މަތީގައެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ވަކި މިންވަރެއްނެތި رزق ދެއްވަތެވެ.



الصفحة التالية
Icon