وَأَشۡرِكۡهُ فِيٓ أَمۡرِي

އަދި ތިމަންކަލޭގެފާނުގެ ކަންތަކުގައި (އެބަހީ: رسول ކަމާއި، އެކަން تبليغ ކުރެއްވުމުގެ مسـئولية ގައި) އެކަލޭގެފާނު ބައިވެރިކުރައްވާނދޭވެ!


كَيۡ نُسَبِّحَكَ كَثِيرٗا

އަޅަމެން އިބަރަސްކަލާނގެއަށް ގިނަގިނައިން تسبيح ދެންނެވުމަށްޓަކައެވެ.


وَنَذۡكُرَكَ كَثِيرًا

އަދި ގިނަގިނައިން އަޅަމެން އިބަރަސްކަލާނގެ ހަނދުމަކުޅައުމަށްޓަކައެވެ.


إِنَّكَ كُنتَ بِنَا بَصِيرٗا

ހަމަކަށަވަރުން، އަޅަމެންނާމެދު މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި އިބަރަސްކަލާނގެ ވޮޑިގެންވަމުއެވެ.


قَالَ قَدۡ أُوتِيتَ سُؤۡلَكَ يَٰمُوسَىٰ

އެކަލާނގެ وحى ކުރެއްވިއެވެ. އޭ موسى ގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނު އެދިވަޑައިގަންނަވާ ކަންތައް ކަލޭގެފާނަށް ދެއްވައިފިއެވެ.


وَلَقَدۡ مَنَنَّا عَلَيۡكَ مَرَّةً أُخۡرَىٰٓ

އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް އެހެންފަހަރަކު ދަރުވަމަންތަވެ ވޮޑިގެންވީމެވެ.


إِذۡ أَوۡحَيۡنَآ إِلَىٰٓ أُمِّكَ مَا يُوحَىٰٓ

إلهام ކުރައްވާ އެއްޗެއް ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މަންމާއަށް إلهام ކުރެއްވިހިނދެވެ.


أَنِ ٱقۡذِفِيهِ فِي ٱلتَّابُوتِ فَٱقۡذِفِيهِ فِي ٱلۡيَمِّ فَلۡيُلۡقِهِ ٱلۡيَمُّ بِٱلسَّاحِلِ يَأۡخُذۡهُ عَدُوّٞ لِّي وَعَدُوّٞ لَّهُۥۚ وَأَلۡقَيۡتُ عَلَيۡكَ مَحَبَّةٗ مِّنِّي وَلِتُصۡنَعَ عَلَىٰ عَيۡنِيٓ

ފޮށީގެ ތެރެޔަށް އެ ދަރިކަލުން ލައްވާށެވެ! އަދި (نيل) ކޯރުގެ ތެރެޔަށް އެ ފޮށި އެއްލައިލައްވާށެވެ! ދެން ކޯރު، އެ ފޮށި، ގޮނޑުދޮށަށް ލައްގުވާނެތެވެ. (އޭރުން) ތިމަންރަސްކަލާނގެ عدوّ، އަދި އެ ދަރިކަލުންގެވެސް عدوّ އެ ފޮށި ނަގާނެތެވެ. އަދި ކަލޭގެފާނުގެ މައްޗަށް ތިމަންރަސްކަލާނގެ حضرة ން ލޯބިލެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުން ކަލޭގެފާނު ބޮޑުފުޅުވުމަށެވެ.



الصفحة التالية
Icon