قَالَ مَوۡعِدُكُمۡ يَوۡمُ ٱلزِّينَةِ وَأَن يُحۡشَرَ ٱلنَّاسُ ضُحٗى

އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ موعد އަކީ ޒީނަތްތެރިކަމުގެ (عيد) ދުވަހެވެ. އަދި އިރުއަރައި އަލިވެގެން އަންނަވަގުތު، މީހުން އެއްކުރެވެން ވާނެއެވެ.


فَتَوَلَّىٰ فِرۡعَوۡنُ فَجَمَعَ كَيۡدَهُۥ ثُمَّ أَتَىٰ

ދެން فرعون އެނބުރި ހިނގައްޖެއެވެ. އަދި އޭނާގެ حيلة ތެރި ރޭވުންތައް ރާވައި، އޭނާގެ ޖާދޫގަރުން އެއްކުރުމަށްފަހު، ދެން (އެތަނަށް) އަތުވެއްޖެއެވެ.


قَالَ لَهُم مُّوسَىٰ وَيۡلَكُمۡ لَا تَفۡتَرُواْ عَلَى ٱللَّهِ كَذِبٗا فَيُسۡحِتَكُم بِعَذَابٖۖ وَقَدۡ خَابَ مَنِ ٱفۡتَرَىٰ

موسى ގެފާނު އެއުރެންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. اللَّه އާމެދު ތިޔަބައިމީހުން ހަދައިގެން ދޮގުނުބުނާށެވެ! ފަހެ، اللَّه ގެ عذاب ގެ ސަބަބުން، ތިޔަބައިމީހުން ހަލާކުވެ ނެތިވެހިނގައިދާނެތެވެ. އަދި ހަމަކަށަވަރުން (اللَّه އާމެދު) ދޮގުހަދައިފިމީހާ ގެއްލެނިވެ، ނިކަމެތިވެގެން ހިނގައިދާހުށްޓެވެ.


فَتَنَٰزَعُوٓاْ أَمۡرَهُم بَيۡنَهُمۡ وَأَسَرُّواْ ٱلنَّجۡوَىٰ

ދެން އެއުރެންގެ ކަންތަކާމެދު (އެބަހީ: موسى ގެފާނާމެދު) އެއުރެންގެ މެދުގައި خلاف ވެ ދެކޮޅުވެރިވެއްޖައޫއެވެ. އަދި އެއުރެންކުޅަ ސައްލާތައް (މީސްތަކުންނަށް) އެއުރެން ސިއްރުކޮށްފޫއެވެ.


قَالُوٓاْ إِنۡ هَٰذَٰنِ لَسَٰحِرَٰنِ يُرِيدَانِ أَن يُخۡرِجَاكُم مِّنۡ أَرۡضِكُم بِسِحۡرِهِمَا وَيَذۡهَبَا بِطَرِيقَتِكُمُ ٱلۡمُثۡلَىٰ

އެއުރެން ބުނެފޫއެވެ. ހަމަކަށަވަރުން، މިއީ ދެ ޖާދޫގަރުންކަން ކަށަވަރެވެ. އެ ދެމީހުން އެދެނީ، އެ ދެމީހުންގެ ޖާދޫގެބާރުން ތިޔަބައިމީހުންގެ ބިމުން ތިޔަބައިމީހުން ނެެރެލުމަށެވެ. އަދި ތިޔަބައިމީހުންގެ ދެވަނައެއްނެތް މޮޅު دين އާއި ގޮތް، ނެތިކޮށްލުމަށެވެ.



الصفحة التالية
Icon