خُلِقَ ٱلۡإِنسَٰنُ مِنۡ عَجَلٖۚ سَأُوْرِيكُمۡ ءَايَٰتِي فَلَا تَسۡتَعۡجِلُونِ
އިންސާނާ ހެއްދެވީ، އަވަސްކަން (އޭނާގެ طبيعة ގައި) ލައްވާފައެވެ. ތިމަންރަސްކަލާނގެ آية ތައް ނިކަންހުރެ ތިޔަބައިމީހުންނަށް ދައްކަވާހުށީމެވެ. ފަހެ، ތިޔަބައިމީހުން، ތިމަންރަސްކަލާނގެ حضرة ން އަވަސްވުން އެދި ނޫޅޭށެވެ!
وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ
އަދި އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ عذاب ގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
لَوۡ يَعۡلَمُ ٱلَّذِينَ كَفَرُواْ حِينَ لَا يَكُفُّونَ عَن وُجُوهِهِمُ ٱلنَّارَ وَلَا عَن ظُهُورِهِمۡ وَلَا هُمۡ يُنصَرُونَ
كافر ވި މީހުންނަށް އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ފުރަގަހުން، އަލިފާނުގެ عذاب ދުރުނުކުރެވޭހިނދު، އަދި އެއުރެންނަށް އެއްވެސް ފަރާތަކުން نصر ލިބުމެއް ނުވާހިނދު (އެކަން) އެނގޭނަމަ (އެއުރެން އެހެނެއް ނުބުނާނެ) ތެވެ.
بَلۡ تَأۡتِيهِم بَغۡتَةٗ فَتَبۡهَتُهُمۡ فَلَا يَسۡتَطِيعُونَ رَدَّهَا وَلَا هُمۡ يُنظَرُونَ
އަދި ކިއެއްތަ! އެއުރެންނަށް އެކަންތައް އަންނަހުށީ ކުއްލިއަކަށެވެ. އަދި އެކަންތައް އެއުރެން حيران ކޮށްލާނެތެވެ. ފަހެ، އެއުރެންނަށް އެކަންތައް ދުރުކުރުމަކަށް ކުޅަދާނަވެގެންނެއް ނުވެތެވެ. އަދި އެއުރެންނަކަށް مهلة އެއް ނުމެދެއްވާނެމެއެވެ.
وَلَقَدِ ٱسۡتُهۡزِئَ بِرُسُلٖ مِّن قَبۡلِكَ فَحَاقَ بِٱلَّذِينَ سَخِرُواْ مِنۡهُم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ
ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ رسول ންނަށްވެސް ފުރައްސާރަކުރިއެވެ. ފަހެ، އެ رسول ންނަށް ފުރައްސާރަކޮށް އުޅުނުމީހުން ކުރަމުންގެންދިޔަ ފުރައްސާރައިގެ ކަންތައް (އެބަހީ: އެކަމުގެ ކޯފާއާއި عذاب) އެއުރެން ވަށައިލިއެވެ.