قَالُواْ فَأۡتُواْ بِهِۦ عَلَىٰٓ أَعۡيُنِ ٱلنَّاسِ لَعَلَّهُمۡ يَشۡهَدُونَ
އެއުރެން ބުނޫއެވެ. ފަހެ، މީސްތަކުންގެ ކުރިމައްޗަށް އޭނާ ގެންނާށެވެ! (އެއީ) އެއުރެން ހެކިވުމަށްޓަކައެވެ.
قَالُوٓاْ ءَأَنتَ فَعَلۡتَ هَٰذَا بِـَٔالِهَتِنَا يَـٰٓإِبۡرَٰهِيمُ
އެއުރެން ބުނޫއެވެ. އޭ إبراهيم ގެފާނެވެ! ތިމަންމެންގެ إله ންތަކަށް މިހެން ހެއްދެވީ ކަލޭގެފާނުތޯއެވެ؟
قَالَ بَلۡ فَعَلَهُۥ كَبِيرُهُمۡ هَٰذَا فَسۡـَٔلُوهُمۡ إِن كَانُواْ يَنطِقُونَ
އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކިއެއްތަ! އެކަންތައް ކުޅައީ އެ ބުދުތަކުގެ ތެރެއިން މިހިރަބޮޑުބުދެވެ. ފަހެ، އެ ބުދުތައް ވާހަކަ ދައްކާ ކަމުގައިވާނަމަ، ތިޔަބައިމީހުން އެބުދުތަކާ سؤال ކުރާށެވެ!
فَرَجَعُوٓاْ إِلَىٰٓ أَنفُسِهِمۡ فَقَالُوٓاْ إِنَّكُمۡ أَنتُمُ ٱلظَّـٰلِمُونَ
ފަހެ، އެއުރެން، އެއުރެންގެ އަމިއްލަ نفس ތަކަށް رجوع ވެއްޖައޫއެވެ. ދެން އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކީ، ހަމަތިޔަބައި މީހުންނެވެ.
ثُمَّ نُكِسُواْ عَلَىٰ رُءُوسِهِمۡ لَقَدۡ عَلِمۡتَ مَا هَـٰٓؤُلَآءِ يَنطِقُونَ
ދެން އެއުރެންނަށް އިސްދަށަށް ޖެހެވުނެވެ. (އަދި ބުނޫއެވެ.) ހަމަކަށަވަރުން، މި ތަކެތި ވާހަކަ ނުދައްކާކަން ކަލޭގެފާނަށް އެނގިވަޑައިގެންފައިވާނެތެވެ.
قَالَ أَفَتَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُكُمۡ شَيۡـٔٗا وَلَا يَضُرُّكُمۡ
އެކަލޭގެފާނު ވިދާޅުވިއެވެ. ފަހެ، ތިޔަބައިމީހުންނަށް އެއްވެސް ފައިދާއެއް ނުކުރާ، އަދި ގެއްލުމެއްވެސް ނުދޭ އެއްޗެހިތަކަކަށް اللَّه ފިޔަވައި، ތިޔަބައިމީހުން އަޅުކަންކުރަނީ ހެއްޔެވެ؟