إِنۡ هِيَ إِلَّا حَيَاتُنَا ٱلدُّنۡيَا نَمُوتُ وَنَحۡيَا وَمَا نَحۡنُ بِمَبۡعُوثِينَ
އެ ދިރިއުޅުމަކީ، ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުން ފިޔަވައި އެހެން އެއްޗެއް ނޫނެވެ. ތިމަންމެން މަރުވަމުއެވެ. އަދި ދިރިއުޅެމުއެވެ. އަދި އަލުން ދިރުއްވައި ފޮނުއްވާނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.
إِنۡ هُوَ إِلَّا رَجُلٌ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبٗا وَمَا نَحۡنُ لَهُۥ بِمُؤۡمِنِينَ
اللَّه އާމެދު ހަދައިގެން ދޮގެއް ބުނި ފިރިހެނަކު ކަމުގައިނޫނީ، އޭނާ ނުވެތެވެ. އަދި އޭނާޔަށް إيمان ވާބަޔަކުކަމުގައި ތިމަންމެން ނުވަމުއެވެ.
قَالَ رَبِّ ٱنصُرۡنِي بِمَا كَذَّبُونِ
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ތިމަންއަޅާ ދޮގުކުޅަކަމަށްޓަކައި ތިމަންއަޅާޔަށް نصر ދެއްވާނދޭވެ!
قَالَ عَمَّا قَلِيلٖ لَّيُصۡبِحُنَّ نَٰدِمِينَ
އެކަލާނގެ وحى ކުރެއްވިއެވެ. ކުޑަހިނދުކޮޅަކުން އެއުރެން ހިތާމަކުރާ ބަޔަކުކަމުގައި ވާނޭކަން ކަށަވަރެވެ.
فَأَخَذَتۡهُمُ ٱلصَّيۡحَةُ بِٱلۡحَقِّ فَجَعَلۡنَٰهُمۡ غُثَآءٗۚ فَبُعۡدٗا لِّلۡقَوۡمِ ٱلظَّـٰلِمِينَ
ފަހެ، حق ގޮތުގައި އައި ގަދަފަދަ އަޑު އެއުރެން ހަލާކުކުރިއެވެ. ދެން އޮޔާދާ ކުނިތަކެއްފަދައިން ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. ފަހެ، އަނިޔާވެރިވީ މީހުންނަށް ހަލާކާއި ގެއްލުންހުށްޓެވެ.
ثُمَّ أَنشَأۡنَا مِنۢ بَعۡدِهِمۡ قُرُونًا ءَاخَرِينَ
ދެން އެއުރެންނަށްފަހު، ތިމަންރަސްކަލާނގެ އެހެން جيل ތަކެއްގެ ބަޔަކު އުފެއްދެވީމެވެ.