وَلِلۡمُطَلَّقَٰتِ مَتَٰعُۢ بِٱلۡمَعۡرُوفِۖ حَقًّا عَلَى ٱلۡمُتَّقِينَ
ވަރިކޮށްފައިވާ އަންހެނުންނަށް އެކަށީގެންވާ ހެޔޮގޮތުގައި نفقات ދިނުން ހުށްޓެވެ. تقوى ވެރިންގެ މައްޗަށްވާ حق އެއްގެ ގޮތުގައެވެ.
كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمۡ ءَايَٰتِهِۦ لَعَلَّكُمۡ تَعۡقِلُونَ
اللَّه، އެކަލާނގެ آية ތައް، ތިޔަބައިމީހުންނަށް އެފަދައިން ބަޔާންކޮށްދެއްވަނީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.
۞أَلَمۡ تَرَ إِلَى ٱلَّذِينَ خَرَجُواْ مِن دِيَٰرِهِمۡ وَهُمۡ أُلُوفٌ حَذَرَ ٱلۡمَوۡتِ فَقَالَ لَهُمُ ٱللَّهُ مُوتُواْ ثُمَّ أَحۡيَٰهُمۡۚ إِنَّ ٱللَّهَ لَذُو فَضۡلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَشۡكُرُونَ
އެތައްހާސް ބަޔަކުކަމުގައިވާ حال، މަރަށް ބިރުން އެއުރެންގެ ގޯތިގެދޮރުން ނުކުމެގެންދިޔަ މީހުންގެ ވާހަކަ، ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭތޯއެވެ؟ ފަހެ، اللَّه، އެއުރެންނަށް وحى ކުރެއްވިއެވެ. ތިޔަބައިމީހުން މަރުވާށެވެ! (ދެން، އެއުރެން މަރުވީއެވެ.) ދެން، އެކަލާނގެ އެއުރެން ދިރުއްވިއެވެ. ހަމަކަށަވަރުން، اللَّه އީ، މީސްތަކުންގެ މައްޗަށް فضل ވަންތަވެރި ރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއްކަމަކު، މީސްތަކުން ކުރެ ގިނަ މީހުން شكر އެއް ނުކުރެތެވެ.
وَقَٰتِلُواْ فِي سَبِيلِ ٱللَّهِ وَٱعۡلَمُوٓاْ أَنَّ ٱللَّهَ سَمِيعٌ عَلِيمٞ
އަދި، ތިޔަބައިމީހުން، اللَّه ގެ މަގުގައި ހަނގުރާމަކުރާށެވެ! އަދި، ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!