وَإِذَا قِيلَ لَهُمُ ٱسۡجُدُواْۤ لِلرَّحۡمَٰنِ قَالُواْ وَمَا ٱلرَّحۡمَٰنُ أَنَسۡجُدُ لِمَا تَأۡمُرُنَا وَزَادَهُمۡ نُفُورٗا۩

އަދި رحمن ވަންތަ ރަސްކަލާނގެއަށް ތިޔަބައިމީހުން سجدة ކުރާށޭ އެއުރެންނަށް ވިދާޅުވިހިނދު، އެއުރެން ބުނޫއެވެ. رحمن ވަންތަ ރަސްކަލާނގެއަކީ ކޮންއެއްޗެއްހޭ؟ ކަލޭގެފާނު ތިމަންމެންނަށް އަމުރުކުރައްވާ އެއްޗަކަށް ތިމަންމެން سجدة ކުރާނެހެއްޔެވެ؟ އަދި އެއުރެންގެ ނަފުރަތުދިޔައީ އިތުރުވެގެންނެވެ.


تَبَارَكَ ٱلَّذِي جَعَلَ فِي ٱلسَّمَآءِ بُرُوجٗا وَجَعَلَ فِيهَا سِرَٰجٗا وَقَمَرٗا مُّنِيرٗا

އުޑުގައި بُـرج ތަކެއް ލައްވައި، އަދި އެތާނގައި ވޮށަކާއި، އަލިކުރާ ހަނދެއްލެއްވި ރަސްކަލާނގެ މަތިވެރިވެވޮޑިގެންފިއެވެ.


وَهُوَ ٱلَّذِي جَعَلَ ٱلَّيۡلَ وَٱلنَّهَارَ خِلۡفَةٗ لِّمَنۡ أَرَادَ أَن يَذَّكَّرَ أَوۡ أَرَادَ شُكُورٗا

އަދި އެކަލާނގެއީ، ރެޔާއި ދުވާލު އެކައްޗަކަށްފަހު، އަނެކައްޗެއް އަންނަގޮތުގައި ލެއްވި ރަސްކަލާނގެއެވެ. އެއީ ހަނދުމަކުރުމަށް އެދޭމީހަކަށް، ނުވަތަ شكر ވެރިވުމަށް އެދޭމީހަކަށްޓަކައެވެ.


وَعِبَادُ ٱلرَّحۡمَٰنِ ٱلَّذِينَ يَمۡشُونَ عَلَى ٱلۡأَرۡضِ هَوۡنٗا وَإِذَا خَاطَبَهُمُ ٱلۡجَٰهِلُونَ قَالُواْ سَلَٰمٗا

رحمن ވަންތަ ރަސްކަލާނގެ އަޅުންނީ، މަޑުމައިތިރިކަމާއެކު ބިމުގައި ހިނގާ އުޅޭމީހުންނެވެ. އަދި އެއުރެންނާ ޖާހިލުން مخاطب ކޮށް ވާހަކަދައްކައިފި ހިނދަކު، އެއުރެން سلام އޭޭ ބުނެތެވެ.



الصفحة التالية
Icon