وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ

އަދި އަހުރެން އެ رسول ކަން އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން މެނުވީ، އަހުރެންނަށް ثواب ދެއްވުމެއްނުވެއެވެ.


فَٱتَّقُواْ ٱللَّهَ وَأَطِيعُونِ

ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!


۞قَالُوٓاْ أَنُؤۡمِنُ لَكَ وَٱتَّبَعَكَ ٱلۡأَرۡذَلُونَ

އެއުރެން ދެންނެވޫއެވެ. ކަލޭގެފާނަށް تبع ވެގެންތިބީ، ދެރަ ނިކަމެތިން ކަމުގައިވާއިރު، ތިމަންމެން ކަލޭގެފާނަށް إيمان ވާނެތޯއެވެ؟


قَالَ وَمَا عِلۡمِي بِمَا كَانُواْ يَعۡمَلُونَ

އެކަލޭގެފާނު ވިދާޅުވިއެވެ. އެއުރެން ކޮށްއުޅުނު عمل އާމެދު ތިމަންކަލޭގެފާނަށް އެނގިގެންވަނީ ކޮންއެއްޗެއް ހެއްޔެވެ؟


إِنۡ حِسَابُهُمۡ إِلَّا عَلَىٰ رَبِّيۖ لَوۡ تَشۡعُرُونَ

ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް މެނުވީ، އެއުރެންގެ حساب ބެއްލެވުމެއް ނުވެއެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭނަމައެވެ.


وَمَآ أَنَا۠ بِطَارِدِ ٱلۡمُؤۡمِنِينَ

އަދި إيمان ވެގެންތިބި މީހުން ފަހައި ދުރަށްލާމީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.



الصفحة التالية
Icon