قَالُواْ تَقَاسَمُواْ بِٱللَّهِ لَنُبَيِّتَنَّهُۥ وَأَهۡلَهُۥ ثُمَّ لَنَقُولَنَّ لِوَلِيِّهِۦ مَا شَهِدۡنَا مَهۡلِكَ أَهۡلِهِۦ وَإِنَّا لَصَٰدِقُونَ

އެއުރެން ބުނެފޫއެވެ. ރޭގަނޑުގެ ވަގުތުގައި އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރިން އަވަހާރަކޮށްލައި، ނެތިކޮށްލުމަށް اللَّه ގަންދީ ތިޔަބައިމީހުން ހުވާކުރާށެވެ! ދެން ހަމަކަށަވަރުން، އެކަލޭގެފާނުގެ ބަލަދުވެރިޔާ ގާތުގައި ތިމަންމެން ބުނާހުށީމެވެ. (އެކަލޭގެފާނާއި) އެކަލޭގެފާނުގެ أهل ވެރިން އަވަހާރަކޮށްލިތަނެއް ތިމަންމެން ނުވެސް ދެކެމުއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންނަކީ، ތެދުވެރިންކަން ކަށަވަރެވެ.


وَمَكَرُواْ مَكۡرٗا وَمَكَرۡنَا مَكۡرٗا وَهُمۡ لَا يَشۡعُرُونَ

އަދި އެއުރެން މަކަރުވެރި ރޭވުމެއް ރޭވިއެވެ. އަދި ތިމަންރަސްކަލާނގެވެސް ރޭވުމެއް ރޭއްވެވީމެވެ. އެއުރެންނަކަށް އެކަމެއް ނޭނގެއެވެ.


فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ مَكۡرِهِمۡ أَنَّا دَمَّرۡنَٰهُمۡ وَقَوۡمَهُمۡ أَجۡمَعِينَ

ފަހެ، އެއުރެންގެ މަކަރުވެރި ރޭވުމުގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނާއި އެއުރެންގެ قوم ގެ އެންމެން ހަލާކުކޮށް ނެތިކޮށްލެއްވީމެވެ.


فَتِلۡكَ بُيُوتُهُمۡ خَاوِيَةَۢ بِمَا ظَلَمُوٓاْۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّقَوۡمٖ يَعۡلَمُونَ

ފަހެ، އެހުރީ އެއުރެންގެ އަނިޔާވެރިކަމުގެ ސަބަބުން ވީރާނާވެފައިވާ އެއުރެންގެ ގޯތިގެދޮރެވެ. ހަމަކަށަވަރުން، އެކަންތަކުގައި ދަންނަ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.



الصفحة التالية
Icon