وَلَا تَحۡزَنۡ عَلَيۡهِمۡ وَلَا تَكُن فِي ضَيۡقٖ مِّمَّا يَمۡكُرُونَ

އަދި އެއުރެންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އަދި އެއުރެން މަކަރުހަދާ ކަންތަކުން ހިތްޕުޅު ދަތިވުމެއްގެ ތެރޭގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ!


وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ

އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަަ ތިޔަ (ބުނާ عذاب ގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟


قُلۡ عَسَىٰٓ أَن يَكُونَ رَدِفَ لَكُم بَعۡضُ ٱلَّذِي تَسۡتَعۡجِلُونَ

ކަލޭގެފާނު ވިދާޅުވާށެވެ! އަވަސްކުރުމަށް ތިޔަބައިމީހުން އެދޭ ބައެއްކަންތައް (އެބަހީ: عذاب) ތިޔަބައިމީހުންނާ ދާދިކައިރިވެފައިވުން އެކަށީގެންވެއެވެ.


وَإِنَّ رَبَّكَ لَذُو فَضۡلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَهُمۡ لَا يَشۡكُرُونَ

ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، މީސްތަކުންގެ މައްޗަށް فضل ވަންތަ ވެރިރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުން شكر އެއް ނުކުރެތެވެ.


وَإِنَّ رَبَّكَ لَيَعۡلَمُ مَا تُكِنُّ صُدُورُهُمۡ وَمَا يُعۡلِنُونَ

އެއުރެންގެ ހިތްތަކުގައި ފޮރުވާ ކަންތަކާއި، އެއުރެން ފާޅުކުރާ ކަންތައް، ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެއެވެ.


وَمَا مِنۡ غَآئِبَةٖ فِي ٱلسَّمَآءِ وَٱلۡأَرۡضِ إِلَّا فِي كِتَٰبٖ مُّبِينٍ

އަދި އުޑާއި، ބިމުގައިވިޔަސް (އެކަލާނގެއަށް) ފޮރުވިގެންވާ އެއްވެސް ކަމެއް ނުވެއެވެ. އެ ހުރިހާ ކަމެއްވަނީ، ބަޔާންވެގެންވާ ފޮތެއްގައި ލިޔުއްވައިފައެވެ.



الصفحة التالية
Icon