قَالَ رَبِّ إِنِّي قَتَلۡتُ مِنۡهُمۡ نَفۡسٗا فَأَخَافُ أَن يَقۡتُلُونِ

އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، މިއަޅާވަނީ، އެއުރެންގެ ތެރެއިން މީހަކު قتل ކޮށްފައެވެ. ފަހެ، އެއުރެން މިއަޅާ قتل ކޮށްފާނެތީ، މިއަޅާ ބިރުގަނެތެވެ.


وَأَخِي هَٰرُونُ هُوَ أَفۡصَحُ مِنِّي لِسَانٗا فَأَرۡسِلۡهُ مَعِيَ رِدۡءٗا يُصَدِّقُنِيٓۖ إِنِّيٓ أَخَافُ أَن يُكَذِّبُونِ

އަދި މިއަޅާގެ أخ، هارون މިއަޅާއަށްވުރެ ދޫފަސޭހަކަން ބޮޑެވެ. ފަހެ، އަޅުގެ ބަސްތެދުކޮށް އަޅާއަށް އެހީތެރިވުމަށް މިއަޅާއަށް އެކުގައި އެކަލޭގެފާނު رسول ކަމާއިގެން ފޮނުއްވައިފާނދޭވެ! ހަމަކަށަވަރުން، އެއުރެން މިއަޅާ ދޮގުކޮށްފާނެކަމަށް މިއަޅާ ބިރުގަނެތެވެ.


قَالَ سَنَشُدُّ عَضُدَكَ بِأَخِيكَ وَنَجۡعَلُ لَكُمَا سُلۡطَٰنٗا فَلَا يَصِلُونَ إِلَيۡكُمَا بِـَٔايَٰتِنَآۚ أَنتُمَا وَمَنِ ٱتَّبَعَكُمَا ٱلۡغَٰلِبُونَ

އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނުގެ أخ ފޮނުއްވުމުން ކަލޭގެފާނުގެ މުލައްދަނޑިފުޅަށް ތިމަންރަސްކަލާނގެ ގަދަކަން ދެއްވާހުށީމެވެ. އަދި ތިޔަ ދެކަލުންނަށް ބާރެއް ދެއްވާހުށީމެވެ. ފަހެ، ތިމަންރަސްކަލާނގެ ދެއްވި معجزات ގެ ސަބަބުން، އެއުރެންނަކަށް ތިޔަ ދެކަލުންނާ ހަމައަށް (އުނދަގުލެއް ދޭކަށް) ނާދެވޭހުށްޓެވެ. ތިޔަ ދެކަލުންނާއި، ތިޔަ ދެކަލުންނަށް تبع ވީ މީހުންނަކީ (نصر ލިބި) ގަދަވާނޭ މީހުންނެވެ.


فَلَمَّا جَآءَهُم مُّوسَىٰ بِـَٔايَٰتِنَا بَيِّنَٰتٖ قَالُواْ مَا هَٰذَآ إِلَّا سِحۡرٞ مُّفۡتَرٗى وَمَا سَمِعۡنَا بِهَٰذَا فِيٓ ءَابَآئِنَا ٱلۡأَوَّلِينَ

ފަހެ، ބަޔާންވެގެންވާ حال، ތިމަންރަސްކަލާނގެ ހެކިތަކާއިގެން موسى ގެފާނު އެއުރެންގެ ގާތަށް ވަޑައިގަތްހިނދު، އެއުރެން ބުނޫއެވެ. މިއީ އަމިއްލައަށް ހަދައިގެންއުޅޭ ޖާދޫއެއްކަމުގައި ނޫނީ ނުވެތެވެ. އަދި ތިމަންމެންގެ ކުރީގައި އުޅުނު ކާބަފައިންގެ ތެރޭގައިވެސް މިފަދަ ވާހަކައެއް (ވާކަމަކަށް) ތިމަންމެން ނާހަމުއެވެ.



الصفحة التالية
Icon