لِيَكۡفُرُواْ بِمَآ ءَاتَيۡنَٰهُمۡ وَلِيَتَمَتَّعُواْۚ فَسَوۡفَ يَعۡلَمُونَ

(އެއުރެން شريك ކުރަނީ) އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި نعمة އަށް كافر ވުމަށްޓަކައެވެ. އަދި އެއުރެން (ދުނިޔޭގައި) ވަގުތުކޮޅަކަށް އަރާމު ލިބިގަތުމަށްޓަކައެވެ. ފަހެ، ނިކަންހުރެ، އެއުރެންނަށް (އޭގެ ނަތީޖާ) އެނގޭހުއްޓެވެ.


أَوَلَمۡ يَرَوۡاْ أَنَّا جَعَلۡنَا حَرَمًا ءَامِنٗا وَيُتَخَطَّفُ ٱلنَّاسُ مِنۡ حَوۡلِهِمۡۚ أَفَبِٱلۡبَٰطِلِ يُؤۡمِنُونَ وَبِنِعۡمَةِ ٱللَّهِ يَكۡفُرُونَ

ހަމަކަށަވަރުން، أمان ކަން ލިބިގެންވާ حرم ފުޅެއް ތިމަންރަސްކަލާނގެ ލެއްވިކަން އެއުރެންނަށް ނޭނގެނީ ހެއްޔެވެ؟ އެއީ އެއުރެންގެ ވަށައިގެން އެކަކު އަނެކަކު މަރައި އަޅުވެތިކޮށް އުޅުނުތަނެވެ. (މިކަން މިހެން އޮތުމާއެކުވެސް) އެއުރެން باطل އަށް إيمان ވެ، اللَّه ގެ نعمة އަށް كافر ވަނީ ހެއްޔެވެ؟


وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ كَذَّبَ بِٱلۡحَقِّ لَمَّا جَآءَهُۥٓۚ أَلَيۡسَ فِي جَهَنَّمَ مَثۡوٗى لِّلۡكَٰفِرِينَ

اللَّه އާމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެން، ނުވަތަ އެކަލާނގެ حق ބަސްފުޅު އޭނާގެ ގާތަށް އައިހިނދު، އެ ބަސްފުޅު ދޮގުކުޅަ މީހަކަށްވުރެން އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ كافر ން ތިބޭނެ ތަނެއް ނަރަކައިގައި ނުވޭހެއްޔެވެ؟


وَٱلَّذِينَ جَٰهَدُواْ فِينَا لَنَهۡدِيَنَّهُمۡ سُبُلَنَاۚ وَإِنَّ ٱللَّهَ لَمَعَ ٱلۡمُحۡسِنِينَ

ތިމަންރަސްކަލާނގެ މަގުގައި جهاد ކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، إحسان ތެރިންނާ އެކުގައިކަން ކަށަވަރެވެ.



الصفحة التالية
Icon