۞مُنِيبِينَ إِلَيۡهِ وَٱتَّقُوهُ وَأَقِيمُواْ ٱلصَّلَوٰةَ وَلَا تَكُونُواْ مِنَ ٱلۡمُشۡرِكِينَ
އެކަލާނގެއަށް ތިޔަބައިމީހުން توبة ވެ، رجوع ވާ حال ގައެވެ. އަދި އެކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި مشرك ންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ!
مِنَ ٱلَّذِينَ فَرَّقُواْ دِينَهُمۡ وَكَانُواْ شِيَعٗاۖ كُلُّ حِزۡبِۭ بِمَا لَدَيۡهِمۡ فَرِحُونَ
އެއުރެންގެ دين ބައިބައިކޮށް، ބައިތަކެއް ކަމުގައިވީ މީހުންގެ ތެރެއިން (ތިޔަބައިމީހުން ނުވާށެވެ!) ކޮންމެ ބަޔަކުުމެ އެއުރެންގެ ގާތުގައިވާ ގޮތާމެދު އުފާކޮށްކޮށް ތިބެތެވެ.
وَإِذَا مَسَّ ٱلنَّاسَ ضُرّٞ دَعَوۡاْ رَبَّهُم مُّنِيبِينَ إِلَيۡهِ ثُمَّ إِذَآ أَذَاقَهُم مِّنۡهُ رَحۡمَةً إِذَا فَرِيقٞ مِّنۡهُم بِرَبِّهِمۡ يُشۡرِكُونَ
އަދި މީސްތަކުންނަށް ދަތި حال އެއް ޖެހިއްޖެނަމަ، އެއުރެންގެ ވެރި ރަސްކަލާނގެއަށް توبة ވެ، رجوع ވާ حال، دعاء ކުރެތެވެ. ދެން އެއުރެންނަށް އެކަލާނގެ حضرة ން رحمة އެއްގެ ރަހަ ދައްކަވައިފިނަމަ، އެހިނދު އޭގެތެރެއިން ބަޔަކު އެއުރެންގެ ވެރިރަސްކަލާނގެއަށް شريك ކުރެތެވެ.
لِيَكۡفُرُواْ بِمَآ ءَاتَيۡنَٰهُمۡۚ فَتَمَتَّعُواْ فَسَوۡفَ تَعۡلَمُونَ
އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި نعمة އަށް كافر ވުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން (ދުނިޔޭގައި ވަގުތުކޮޅަކަށް) އަރާމު ލިބިގަންނާށެވެ! ފަހެ، ނިކަންހުރެ ތިޔަބައިމީހުންނަށް (އޭގެ ނަތީޖާ) އެނގޭ ހުށްޓެވެ.