وَمِنۡ ءَايَٰتِهِۦٓ أَن يُرۡسِلَ ٱلرِّيَاحَ مُبَشِّرَٰتٖ وَلِيُذِيقَكُم مِّن رَّحۡمَتِهِۦ وَلِتَجۡرِيَ ٱلۡفُلۡكُ بِأَمۡرِهِۦ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ

އުފާވެރިކަމުގެ خبر ދެނިވި ގޮތުގައި، ވައިރޯޅި ފޮނުއްވާކަން އެއީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. (އެއީ) ތިޔަބައިމީހުންނަށް އެކަލާނގެ رحمة ގެ ރަހަ ދެއްކެވުމަށާއި، އެކަލާނގެ أمر ފުޅަށް އުޅަނދުތައް ދުވުމަށާއި، އެކަލާނގެ فضل ވަންތަކަމުން ތިޔަބައިމީހުން އެދިގަތުމަށެވެ. އަދި ތިޔަބައިމީހުން شكر ވެރިވުމަށްޓަކައެވެ.


وَلَقَدۡ أَرۡسَلۡنَا مِن قَبۡلِكَ رُسُلًا إِلَىٰ قَوۡمِهِمۡ فَجَآءُوهُم بِٱلۡبَيِّنَٰتِ فَٱنتَقَمۡنَا مِنَ ٱلَّذِينَ أَجۡرَمُواْۖ وَكَانَ حَقًّا عَلَيۡنَا نَصۡرُ ٱلۡمُؤۡمِنِينَ

ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް އެބޭކަލުންގެ قوم ގެމީހުންގެ ގާތަށް ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. ފަހެ، އެބޭކަލުން އެއުރެންގެގާތަށް ވަޑައިގަތީ، ފާޅުވެގެންވާ ހެކިތަކާއިގެންނެވެ. ފަހެ (އެބޭކަލުން ދޮގުކޮށް) ފާފަކުރި މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ބަދަލު ހިއްޕެވީމެވެ. އަދި مؤمن ންނަށް نصر ދެއްވުމަކީ، ތިމަންރަސްކަލާނގެ މައްޗަށްއޮތް حق އެއް ކަމުގައިވެއެވެ.


ٱللَّهُ ٱلَّذِي يُرۡسِلُ ٱلرِّيَٰحَ فَتُثِيرُ سَحَابٗا فَيَبۡسُطُهُۥ فِي ٱلسَّمَآءِ كَيۡفَ يَشَآءُ وَيَجۡعَلُهُۥ كِسَفٗا فَتَرَى ٱلۡوَدۡقَ يَخۡرُجُ مِنۡ خِلَٰلِهِۦۖ فَإِذَآ أَصَابَ بِهِۦ مَن يَشَآءُ مِنۡ عِبَادِهِۦٓ إِذَا هُمۡ يَسۡتَبۡشِرُونَ

اللَّه އީ، ވައިރޯޅިތައް ފޮނުއްވައި، އަދި އެ ވައިރޯޅިތައް ވިލާތައް އުފުލައި، އަދި އެކަލާނގެ އިރާދަކުރައްވާ ފަދައަކުން އުުޑުގައި އެ ވިލާތައް ފަތުރުއްވައި، އަދި އެ ވިލާތައް ވަކިވަކިވެގެންދާ އެތިކޮޅުތަކެއް ކަމުގައި ލައްވާ ރަސްކަލާނގެއެވެ. ފަހެ، އެ ވިލާތަކުގެ ތެރެއިން ކެރި ނުކުންނާތީ ތިބާޔަށް ފެންނާނެތެވެ. ފަހެ، އެކަލާނގެ އަޅުތަކުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް އޭގެ نعمة ދެއްވައިފިނަމަ، އެހިނދު ކުއްލިޔަކަށް އެއުރެން އުފާ حاصل ކޮށްގަނެތެވެ.



الصفحة التالية
Icon