تَحِيَّتُهُمۡ يَوۡمَ يَلۡقَوۡنَهُۥ سَلَٰمٞۚ وَأَعَدَّ لَهُمۡ أَجۡرٗا كَرِيمٗا
އެކަލާނގެއާ އެއުރެން ބައްދަލުވާދުވަހު (އެބަހީ: قيامة ދުވަހު) އެއުރެންގެ تحيّة އަކީ سلام އެވެ. އަދި ދީލަތިވެގެންވާ ދަރުމަ (އެބަހީ: ސުވަރުގެ) އެއުރެންނަށްޓަކައި އެކަލާނގެ ތައްޔާރު ކުރެއްވިއެވެ.
يَـٰٓأَيُّهَا ٱلنَّبِيُّ إِنَّآ أَرۡسَلۡنَٰكَ شَٰهِدٗا وَمُبَشِّرٗا وَنَذِيرٗا
އޭ ނަބިއްޔާއެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (مؤمن ންނަށް) އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި (كافر ންނަށް) ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ.
وَدَاعِيًا إِلَى ٱللَّهِ بِإِذۡنِهِۦ وَسِرَاجٗا مُّنِيرٗا
އަދި اللَّه ގެ دين އަށް، އެކަލާނގެ أمر ފުޅާއެކު (މީސްތަކުންނަށް) ގޮވައިލައްވާ ބޭކަލަކު ކަމުގައްޔާއި (އެއުރެންގެ މަގަށް) އަލިކުރާ ވޮށެއްފަދަ ބޭކަލަކު ކަމުގައެވެ.
وَبَشِّرِ ٱلۡمُؤۡمِنِينَ بِأَنَّ لَهُم مِّنَ ٱللَّهِ فَضۡلٗا كَبِيرٗا
އަދި ހަމަކަށަވަރުން، اللَّه ގެ حضرة ން ބޮޑުވެގެންވާ فضل ވަންތަކަން އެއުރެންނަށް ހުރިކަމަށް مؤمن ންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!
وَلَا تُطِعِ ٱلۡكَٰفِرِينَ وَٱلۡمُنَٰفِقِينَ وَدَعۡ أَذَىٰهُمۡ وَتَوَكَّلۡ عَلَى ٱللَّهِۚ وَكَفَىٰ بِٱللَّهِ وَكِيلٗا
އަދި كافر ންނާއި، منافق ންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! އަދި އެއުރެންގެ އުނދަގޫތައް (ފަރުވާލެއް ނުބަހައްޓަވައި) ދޫކޮށްލައްވާށެވެ! އަދި اللَّه އަށް وكيل ކުރައްވާށެވެ! އަދި وكيل އަކު ކަމުގައި اللَّه ފުދެތެވެ.