وَقَالَ ٱلَّذِينَ ٱسۡتُضۡعِفُواْ لِلَّذِينَ ٱسۡتَكۡبَرُواْ بَلۡ مَكۡرُ ٱلَّيۡلِ وَٱلنَّهَارِ إِذۡ تَأۡمُرُونَنَآ أَن نَّكۡفُرَ بِٱللَّهِ وَنَجۡعَلَ لَهُۥٓ أَندَادٗاۚ وَأَسَرُّواْ ٱلنَّدَامَةَ لَمَّا رَأَوُاْ ٱلۡعَذَابَۚ وَجَعَلۡنَا ٱلۡأَغۡلَٰلَ فِيٓ أَعۡنَاقِ ٱلَّذِينَ كَفَرُواْۖ هَلۡ يُجۡزَوۡنَ إِلَّا مَا كَانُواْ يَعۡمَلُونَ
އަދި ނިކަމެތިވެގެންވާ މީހުން، ބޮޑާވެގަތް މީހުންނަށް ބުނޫއެވެ. އަދި ކިއެއްތަ! އެއީ (ތިޔަބައިމީހުންގެ) ރެޔާދުވާލުގެ މަކަރެވެ. އެއީ اللَّه އަށް ތިމަންމެން كافر ވެ، އަދި އެކަލާނގެއަށް شريك ންތަކެއް ލުމަށް ތިޔަބައިމީހުން ތިމަންމެންނަށް أمر ކުޅަހިނދެވެ. އަދި އެއުރެން عذاب ދުށްހިނދު، އެކަމުގެ މައްޗަށް ހިތާމަކޮށް އެކަން ވަންހަނާކުޅައޫއެވެ. އަދި كافر ވި މީހުންގެ ކަނދުރާތަކުގައި، ތިމަންރަސްކަލާނގެ ކަސްތޮޅުތައް ލެއްވީމެވެ. (ފަހެ) އެއުރެން عمل ކުރަމުންގެންދިޔަ ގޮތަށްމެނުވީ، އެއުރެންނަށް ޖަޒާ ލިބޭނެހެއްޔެވެ؟
وَمَآ أَرۡسَلۡنَا فِي قَرۡيَةٖ مِّن نَّذِيرٍ إِلَّا قَالَ مُتۡرَفُوهَآ إِنَّا بِمَآ أُرۡسِلۡتُم بِهِۦ كَٰفِرُونَ
އެރަށެއްގައިތިބި ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ މީހުން ތިމަންމެން މިތިބީ، ތިޔަ رسول ން އެކަމަކާއިގެން ފޮނުއްވެވި ކަމަކަށް ހަމަކަށަވަރުން، كافر ވެގެންނޭ ނުބުނާ އެއްވެސް ރަށަކަށް، ބިރުވެރިކަމުގެ خبر ދެއްވާ رسول އަކު ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ.
وَقَالُواْ نَحۡنُ أَكۡثَرُ أَمۡوَٰلٗا وَأَوۡلَٰدٗا وَمَا نَحۡنُ بِمُعَذَّبِينَ
އަދި އެއުރެން ބުނޫއެވެ. މުދަލުގެ ގޮތުންނާއި، ދަރިންގެގޮތުން، ތިމަންމެން މާގިނައެވެ. އަދި ތިމަންމެންނީ (آخرة ގައި) عذاب ދެއްވާނެ ބަޔަކު ކަމުގައި ނުވަމުއެވެ.