طه
ط هـ (މި އަކުރުތަކުގެ مراد ދެެނެވޮޑިގެންވަނީ اللَّه އެވެ.)
مَآ أَنزَلۡنَا عَلَيۡكَ ٱلۡقُرۡءَانَ لِتَشۡقَىٰٓ
ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް މި قرآن ބާވައިލެއްވީ، ކަލޭގެފާނުގެ ހިތްޕުޅު ދަތިވެ، އަބާއްޖަވެރިވުމަކަށް ނޫނެވެ.
إِلَّا تَذۡكِرَةٗ لِّمَن يَخۡشَىٰ
(اللَّه އަށް) ބިރުވެތިވާ މީހަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ (ތިމަންރަސްކަލާނގެ އެ قرآن ބާވައެއް ނުލައްވަމެވެ.)
تَنزِيلٗا مِّمَّنۡ خَلَقَ ٱلۡأَرۡضَ وَٱلسَّمَٰوَٰتِ ٱلۡعُلَى
ބިމާއި، އުސްވެގެންވާ އުޑުތައް ހެއްދެވި ރަސްކަލާނގެ حضرة ން ބާވައިލެއްވި وحى އެކެވެ.
ٱلرَّحۡمَٰنُ عَلَى ٱلۡعَرۡشِ ٱسۡتَوَىٰ
رحمن ވަންތަ ރަސްކަލާނގެ، عرش ގެ މައްޗަށް استواء ވެ ވޮޑިގެންވިއެވެ.
لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ وَمَا بَيۡنَهُمَا وَمَا تَحۡتَ ٱلثَّرَىٰ
އުޑުތަކުގައިވާހާ ތަކެއްޗާއި، ބިމުގައިވާހާ ތަކެއްޗާއި، އެދެމެދުގައިވާހާ ތަކެއްޗާއި، ފަސްގަނޑު ދަށުގައިވާހާ ތަކެއްޗެއް، މިލްކުވެގެންވަނީ އެކަލާނގެއަށެވެ.
وَإِن تَجۡهَرۡ بِٱلۡقَوۡلِ فَإِنَّهُۥ يَعۡلَمُ ٱلسِّرَّ وَأَخۡفَى
ކަލޭގެފާނު އަޑުހަރުކޮށް ބަސް ވިދާޅުވިޔަސް، ފަހެ، ހަމަކަށަވަރުން، އެކަލާނގެއީ، ސިއްރާއި އެއަށްވުރެ ވަންހަނާ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.