ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ أَضَلَّ أَعۡمَٰلَهُمۡ

(اللَّه އަށާއި، އެކަލާނގެ رسول އާއަށް) كافر ވެ، އަދި اللَّه ގެމަގުން (އެހެންމީހުން) އެއްކިބާކުރި މީހުންގެ عمل ތައް އެކަލާނގެ باطل ކުރެއްވިއެވެ.


وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ وَءَامَنُواْ بِمَا نُزِّلَ عَلَىٰ مُحَمَّدٖ وَهُوَ ٱلۡحَقُّ مِن رَّبِّهِمۡ كَفَّرَ عَنۡهُمۡ سَيِّـَٔاتِهِمۡ وَأَصۡلَحَ بَالَهُمۡ

އަދި إيمان ވެ، صالح عمل ތައްކޮށް، އަދި محمد ގެފާނުގެ މައްޗަށް ބާވައިލެއްވި ފޮތް އެއީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އައި حق ބަސްފުޅުކަމަށް إيمان ވި މީހުން (ދަންނާށެވެ!) އެކަލާނގެ އެއުރެންގެ ކުށްފާފަތައް އެއުރެންގެ ކިބައިން ފުއްސަވައި، އަދި އެކަލާނގެ، އެއުރެންގެ حال ތައް إصلاح ކުރެއްވިއެވެ.


ذَٰلِكَ بِأَنَّ ٱلَّذِينَ كَفَرُواْ ٱتَّبَعُواْ ٱلۡبَٰطِلَ وَأَنَّ ٱلَّذِينَ ءَامَنُواْ ٱتَّبَعُواْ ٱلۡحَقَّ مِن رَّبِّهِمۡۚ كَذَٰلِكَ يَضۡرِبُ ٱللَّهُ لِلنَّاسِ أَمۡثَٰلَهُمۡ

އެއީ كافر ވިމީހުން، باطل އަށް تبع ވީކަމުގެ ސަބަބުންނެވެ. އަދި إيمان ވިމީހުން، އެއުރެންގެ ވެރިރަސްކަލާނގެ حضرة ންއައި حق ބަސްފުޅަށް تبع ވުމުގެ ސަބަބުންނެވެ. މީސްތަކުންނަށް އެއުރެންގެ مثال ތައް اللَّه ޖައްސަވަނީ އެފަދައިންނެވެ.


فَإِذَا لَقِيتُمُ ٱلَّذِينَ كَفَرُواْ فَضَرۡبَ ٱلرِّقَابِ حَتَّىٰٓ إِذَآ أَثۡخَنتُمُوهُمۡ فَشُدُّواْ ٱلۡوَثَاقَ فَإِمَّا مَنَّۢا بَعۡدُ وَإِمَّا فِدَآءً حَتَّىٰ تَضَعَ ٱلۡحَرۡبُ أَوۡزَارَهَاۚ ذَٰلِكَۖ وَلَوۡ يَشَآءُ ٱللَّهُ لَٱنتَصَرَ مِنۡهُمۡ وَلَٰكِن لِّيَبۡلُوَاْ بَعۡضَكُم بِبَعۡضٖۗ وَٱلَّذِينَ قُتِلُواْ فِي سَبِيلِ ٱللَّهِ فَلَن يُضِلَّ أَعۡمَٰلَهُمۡ

ފަހެ، (ހަނގުރާމައިގެ މައިދާނުގައި) ތިޔަބައިމީހުން كافر ންނާ ބައްދަލުވާހިނދު، އެއުރެންގެ ކަނދުރާތަކުގައި ޖަހައި قتل ކުރާށެވެ! (ތިޔަބައިމީހުންގެ ބާރު ގަދަކޮށް) އެއުރެން قتل ކުރުން ގިނަކޮށްފުމަށްދާނދެނެވެ. ފަހެ، (އެހިނދު އެއުރެން) ވަރުގަދަޔަށް ބަނދެ ހައްޔަރުކުރާށެވެ! ދެން އެޔަށްފަހު (އެބަހީ: ހަނގުރާމަ ނިމުމަށްފަހު) އޮތީ ތިޔަބައިމީހުން އެއުރެން ދޫކޮށްލުމެވެ. ނުވަތަ އެއުރެންގެ އަތުން فدية ނެގުމެވެ. (ތިޔަބައިމީހުން މިގޮތުގައި ދެމިތިބޭހުށީ) ހަނގުރާމައިގެ ހަތިޔާރުތައް ބަހައްޓައިފުމަށްދާނދެނެވެ. އެއުރެންނާމެދު ކަންތައް އޮތްގޮތީ އެއީއެވެ. އަދި، اللَّه އިރާދަކުރައްވާނަމަ (ހަނގުރާމަކުރުމަކާ ނުލައި) އެއުރެންގެ މައްޗަށް ތިޔަބައިމީހުންނަށް نصر ލިބުނީސްކަން ކަށަވަރެވެ. އެހެނެއްކަމަކު (جهاد شرع ކުރެއްވީ) ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު امتحان ކުރެއްވުމަށްޓަކައެވެ. އަދި، اللَّه ގެ މަގުގައި قتل ވީ މީހުން ފަހެ، އެއުރެންގެ عمل ތައް އެކަލާނގެ ގެއްލެނި ނުކުރައްވާނެތެވެ.



الصفحة التالية
Icon