ٱلرَّحۡمَٰنُ

رحمن ވަންތަ ރަސްކަލާނގެއެވެ.


عَلَّمَ ٱلۡقُرۡءَانَ

އެކަލާނގެ قرآن އުނގަންނައިދެއްވިއެވެ.


خَلَقَ ٱلۡإِنسَٰنَ

އެކަލާނގެ އިންސާނާ ހެއްދެވިއެވެ.


عَلَّمَهُ ٱلۡبَيَانَ

އެކަލާނގެ އެ އިންސާނާއަށް ބަސްމޮށުންތެރިކަން އުނގަންނައިދެއްވިއެވެ.


ٱلشَّمۡسُ وَٱلۡقَمَرُ بِحُسۡبَانٖ

އިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ މަތިންހިނގައެވެ.


وَٱلنَّجۡمُ وَٱلشَّجَرُ يَسۡجُدَانِ

އަދި ފަތްޕިލާވެއްޔާއި، ގަސްގަހާގެހި، އެކަލާނގެއަށް ކިޔަމަންވެ، سجدة ކުރެތެވެ.


وَٱلسَّمَآءَ رَفَعَهَا وَوَضَعَ ٱلۡمِيزَانَ

އަދި އެކަލާނގެ އުޑު އުފުއްލެވިއެވެ. އަދި عدل إنصاف ލެއްވިއެވެ.


أَلَّا تَطۡغَوۡاْ فِي ٱلۡمِيزَانِ

މިނެކިރުމުގައި ތިޔަބައިމީހުން އަނިޔާވެރި ނުވުމަށްޓަކައެވެ.


وَأَقِيمُواْ ٱلۡوَزۡنَ بِٱلۡقِسۡطِ وَلَا تُخۡسِرُواْ ٱلۡمِيزَانَ

عدل إنصاف ގެ މަތިން ތިޔަބައިމީހުން މިނެކިރުން ހަމަކުރާށެވެ! އަދި މިނެކިރުމުގައި ތިޔަބައިމީހުން ގެއްލުން ނުކުރާށެވެ!



الصفحة التالية
Icon