لَمۡ يَكُنِ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ وَٱلۡمُشۡرِكِينَ مُنفَكِّينَ حَتَّىٰ تَأۡتِيَهُمُ ٱلۡبَيِّنَةُ
ފޮތުގެ أهل ވެރިންނާއި، مشرك ންގެ ތެރެއިން كافر ވިމީހުން، ފާޅުވެގެންވާ ދަލީލު އެއުރެންގެ ގާތަށް އަތުވެއްޖައުމަށްދާނދެން އެއުރެން ތިބިގޮތް ދޫކޮށްލާނޭ ބަޔަކުކަމުގައި ނުވެތެވެ.
رَسُولٞ مِّنَ ٱللَّهِ يَتۡلُواْ صُحُفٗا مُّطَهَّرَةٗ
(އެ ދަލީލަކީ) اللَّه ގެ حضرة ން ފޮނުއްވެވި رسول އެކެވެ. طاهر ކުރައްވާފައިވާ ފަތްފުށްތަކެއް އެ رسول އާ ކިޔަވައިދެއްވަތެވެ.
فِيهَا كُتُبٞ قَيِّمَةٞ
ސީދާވެގެންވާ حكم ތައް، އެ ފަތްފުށްތަކުގައި ވެއެވެ.
وَمَا تَفَرَّقَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ إِلَّا مِنۢ بَعۡدِ مَا جَآءَتۡهُمُ ٱلۡبَيِّنَةُ
އަދި ފާޅުވެގެންވާ ދަލީލު، އެއުރެންގެ ގާތަށް އައުމަށްފަހުގައި މެނުވީ، ފޮތް ލިބުނު މީހުން ބައިބައިވެގެން ނުދެތެވެ.
وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُواْ ٱلصَّلَوٰةَ وَيُؤۡتُواْ ٱلزَّكَوٰةَۚ وَذَٰلِكَ دِينُ ٱلۡقَيِّمَةِ
باطل މަގުން އެއްކިބާވެތިބެ، اللَّه އަށް އަޅުކަން خالص ކުރާ حال، اللَّه އަށް އަޅުކަންކުރުމަށާއި، ނަމާދު قائم ކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ. އަދި ސީދާވެގެންވާ دين އަކީ އެއީއެވެ.