وَلَوۡ نَشَآءُ لَطَمَسۡنَا عَلَىٰٓ أَعۡيُنِهِمۡ فَٱسۡتَبَقُواْ ٱلصِّرَٰطَ فَأَنَّىٰ يُبۡصِرُونَ

އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެންގެ ލޯތައް ކަނުކުރައްވައިފީމުހެވެ. ފަހެ، އެއުރެން މަގުން ދިއުމަށް އަވަސްވެގަންނާނެތެވެ. ފަހެ (އެހިނދު) އެއުރެންނަށް ފެންނާނީ ކޮންފަދައަކުން ހެއްޔެވެ؟


وَلَوۡ نَشَآءُ لَمَسَخۡنَٰهُمۡ عَلَىٰ مَكَانَتِهِمۡ فَمَا ٱسۡتَطَٰعُواْ مُضِيّٗا وَلَا يَرۡجِعُونَ

އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެން ތިބިތާ ތިއްބައި އެއުރެންގެ ސިފަ ބަދަލުކުރައްވައިފީމުހެވެ. ފަހެ (އެހިނދު) ކުރިޔަށް ދިޔުމަކަށްވެސް އަދި ފަހަށް އެނބުރި އައުމަކަށްވެސް، އެއުރެންނަކަށް ކުޅަދާނަވެގެނެއް ނުވެތެވެ.


وَمَن نُّعَمِّرۡهُ نُنَكِّسۡهُ فِي ٱلۡخَلۡقِۚ أَفَلَا يَعۡقِلُونَ

ތިމަންރަސްކަލާނގެ އެމީހެއްގެ عمر ދިގުކުރައްވާ މީހާ (ގެ ކަންތައް) ހެއްދެވި ހެއްދެވުމުގައި އެކޮޅުކޮޅުން ޖައްސަވާހުށީމެވެ. (އެބަހީ: އާރެއް ބާރެއްނެތް ގޮތުގައި ފެށިގެންއައިސް ޒުވާންކަމުގެ دور ނިމި، އެންމެފަހުން އާރެއް ބާރެއް ނެތް މީހަކު ކަމުގައި ލައްވާހުށީމެވެ.) ފަހެ، އެއުރެން ނުވިސްނަނީ ހެއްޔެވެ؟


وَمَا عَلَّمۡنَٰهُ ٱلشِّعۡرَ وَمَا يَنۢبَغِي لَهُۥٓۚ إِنۡ هُوَ إِلَّا ذِكۡرٞ وَقُرۡءَانٞ مُّبِينٞ

އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ޅެން އުނގަންނަވައެއް ނުދެއްވަމެވެ. އަދި އެކަލޭގެފާނު އެކަމަކަށް އެކަށީގެނެއްވެސް ނުވެތެވެ. އެއީ ހަނދާންކޮށްދެނިވި ފޮތެއް ކަމުގައްޔާއި، ބަޔާންވެގެންވާ قرآن ކަމުގައި މެނުވީ ނުވެއެވެ.



الصفحة التالية
Icon