فَقَالَ إِنِّي سَقِيمٞ

ދެން ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންނީ ބަލިމީހަކީމެވެ.


فَتَوَلَّوۡاْ عَنۡهُ مُدۡبِرِينَ

ދެން އެއުރެން އެކަލޭގެފާނަށް ފުރަގަސްދީ ހިނގައްޖައޫއެވެ.


فَرَاغَ إِلَىٰٓ ءَالِهَتِهِمۡ فَقَالَ أَلَا تَأۡكُلُونَ

ފަހެ، އެކަލޭގެފާނު އެއުރެންގެ إله ންތަކުގެ ކައިރިޔަށް ޖެހިވަޑައިގެން ވިދާޅުވިއެވެ. ކަލޭމެން ނުކަނީހެއްޔެވެ؟


مَا لَكُمۡ لَا تَنطِقُونَ

ކަލޭމެން ބަސްނުމޮށެނީ ކީއްވެގެން ހެއްޔެވެ؟


فَرَاغَ عَلَيۡهِمۡ ضَرۡبَۢا بِٱلۡيَمِينِ

ފަހެ، އެކަލޭގެފާނު އެތަކެތީގެ ކައިރިޔަށް ޖެހިވަޑައިގެން ކަނާތްޕުޅުން އެތަކެތީގައި ޖެއްސެވިއެވެ.


فَأَقۡبَلُوٓاْ إِلَيۡهِ يَزِفُّونَ

ފަހެ، އެއުރެން އެކަލޭގެފާނުގެ އަރިހަށް އަވަސްވެގަނެގެން އައޫއެވެ.


قَالَ أَتَعۡبُدُونَ مَا تَنۡحِتُونَ

އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ކޮށައި މަށައިގެންހަދާ ތަކެއްޗަށް ތިޔަބައިމީހުން އަޅުކަންކުރަނީ ހެއްޔެވެ؟


وَٱللَّهُ خَلَقَكُمۡ وَمَا تَعۡمَلُونَ

އަދި ތިޔަބައިމީހުންނާއި، ތިޔަބައިމީހުން ކުރާހާކަމެއް ހެއްދެވީ اللَّه އެވެ.



الصفحة التالية
Icon